PPM, PNC in carnival gai jalsa eh baavanee
image
ޕީޕީއެމް ޕީއެންސީގެ ބައްދަލުވުމެއްގެ ތެރެއިން
ސީއެންއެމް
1 ކޮމެންޓް
 

ޕީޕީއެމް، ޕީއެންސީން ކާނިވަލުގައި ޖަލްސާއެއް ބާއްވަނީ

އިދިކޮޅު ކޯލިޝަންގެ ޕީޕީއެމާއި ޕީއެންސީ ގުޅިގެން ހަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ކާނިވަލް ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
ޕީޕީއެމުން ބުނީ އެ ޖަލްސާ ބޭވުމުގެ ތައްޔާރީތައް ވަމުން ގެންދާއިރު ޖަލްސާ ބޭއްވުމަށް އެރޭ ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމުގައެވެ.

ޖުލައި ހަތަރު ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު މިއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ބޮޑު ނާކާމީޔާބީއަށް ފަހު އިދިކޮޅު ބާއްވާ މިފަދަ ފުރަތަމަ ޖަލްސާއެވެ.

ޕީޕީއެމް ޕީއެންސީން ކާނިވަލުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކަށް މިފަދަ ސިޔާސީ ހަރަކާތް ހިންގުމަށް ދަތިކުރުމުގެ ގޮތުން މާލޭގެ ބޮޑެތި ސަރަހައްދުތައް ދޫކުރުމަށް ދިޔައީ ދެކޮޅު ހަދަމުންނެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ކައިރިވުމުން ކޮންމެވެސް ވަރަކަށް ސިޔާސީ ހަރަކާތައް ތަންތަން ދޫކުރިއެވެ.
ޕީއެންސީ
ހިޔާލު

ރައްޔިތުބެެއްޔާ !

ބަޢީން ވީއްލިފައި ތިބެގެން ގައުމު ހަމަ މަގަށް ނުގެންދެވޭނެ ! ވަރަށް ސާފް