Adeeb ge loluge bayyah faruvaa koffi, doctorun engee 6 mas fahun alun India hospital ah dhiyumah
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އަނބިކަނބަލުން މަރިޔަމް ނަޝްވާ އިންޑިއާ އަށް ފުރާވަޑައިގަންނަވަނީ-- ފައިލް ފޮޓޯ
1 ކޮމެންޓް
 

އަދީބުގެ ލޮލުގެ ބައްޔަށް ފަރުވާކޮށްފި، ޑޮކްޓަރުން އެންގީ ހަ މަސް ފަހުން އަލުން އިންޑިއާ ހޮސްޕިޓަލަށް ދިޔުމަށް

އިންޑިއާގެ އޭޝިއަން އައި ހޮސްޕިޓަލުން ގްލޮކޯމާ އަށް ފަރުވާ ހޯއްދަވަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހަ މަސް ފަހުން އަލުން ފޮލޯއަޕް ފަރުވާއަށް އެތަނަށް ވަޑައިގަތުމަށް އަންގައިފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން އަދީބުގެ ލޮލުގެ ސާޖަން ވަރްދްމާން ކަންކަރިޔާއާ ވަނީ ވާހަކަދައްކާފަ އެވެ. އޭނާ ބުނެފައި ވަނީ ޖޫން 18 އާއި 24 އާ ދެމެދު ތިން ފަހަރެއްގެ މަތިން އަދީބަށް ގްލޮކޯމާ އަށް ފަރުވާ ކުރެއްވި ކަމަށެވެ.

"ހަ މަސް ފަހުން ފޮލޯއަޕް ޓްރީޓްމަންޓަށް އައުމަށް އޭނަ އަށް (އަދީބު) ވާނީ އަންގާފައި،" ކަންކަރިޔާ ބުނި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެ ނޫހަށް ވިދާޅުވީ އިންޑިއާގެ ޕޫނޭ ގައި ހުންނަ އޭޝިއަން އައި ހޮސްޕިޓަލަށް އަދީބު ދެއްކުމަށް ރާއްޖޭގައި ތިބި ޑޮކްޓަރުން އެދުނު ކަމަށެވެ.

އެތަނުގައި އަދީބަށް ފަރުވާ ދެއްވީ އައީ ސާޖަން ކަންކަރިޔާގެ އިތުރުން ގްލޮކޯމާ ބަލީގެ ތަޖުރިބާކާރު ޝްރުތިކާ ކަންކަރިޔާ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން އިތުރަށް ބުނެފައި ވަނީ ގްލޮކޯމާ އަށް ފަރުވާ ކުރެއްވުމަށް ފަހު އަދީބު މިހާރު ގެންދަވަނީ ފުލް ބޮޑީ މެޑިކަލް ޗެކަޕެއް ހަދަމުން ކަމަށެވެ. އޭގެ ތެރޭގައި ކެންސާ ސްކްރީނިން ވެސް ހިމެނެ އެވެ.

އެ ނޫހުން ބުނާ ގޮތުގައި އަދީބު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ޖުލައި 5 ގައެވެ. ޖޫން 14 ގައި އިންޑިއާ އަށް ބޭހަށް ވަޑައިގެންނެވި އަދީބުގެ ބޭހުގެ މުއްދަތު ޖޫން 26 ގައި ހަމަވުމުން ވަނީ އިތުރުކޮށްފަ އެވެ.
އަދީބުގެ ޝަރީއަތް
ހިޔާލު

އަހުމަދު

އެންމެބޮޑު ޚިޔާނާތްތެރިޔާ މިނިވަންކަމާއިއެކު ދެމަފިރިން އުދުހެނީ ދައުލަތުގެ މާލިއްޔަތިދަވާލައިގެން........