Imaaraiyykurumah beynunkura 6 baavatheh dhen ethere kureveynee huhdha libigen
image
އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ތަނެއް
ސީއެންއެމް
3 ކޮމެންޓް
 

އިމާރާތް ކުރުމަށް ބޭނުންކުރާ ހަ ބާވަތެއް ދެން އެތެރެކުރެވޭނީ ހުއްދަ ލިބިގެން

ރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ހަ ބާވަތެއްގެ ތަކެތި މިއަދުން ފެށިގެން އެތެރެކުރާނަމަ ހާއްސަ ހުއްދައެއް ހޯދަންޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މި ބަދަލު ގެނެވުނީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދު ތަންފީޒުކުރަން ފެށުމާއެކު ކަމުގައެވެ.

އެގޮތުން މިއަދުން ފެށިގެން ހަ ބާވަތެއްގެ ތަކެތި ހުއްދަ ނުހޯދާ އެތެރެކުރުމާއި, އުފެއްދުން މަނާވާނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއަދުން ފެށިގެން ހާއްސަ ހުއްދައެއް ހޯދަން ޖެހެނީ އިމާރާތް ކުރުމަށް ބޭނުންކުރާ ސިމެންތި އާއި ހުރިހާ ގްރޭޑެއްގެ ހޮޅިއާއި ކޮންކްރިޓަށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ވެއްޔާއި އިމާރާތް ކުރުމަށް ބޭނުންކުރާ ދަގަނޑާއި ރެޑީމިކްސްޑް ކޮންކްރީޓާއި ރެޑީމޭޑް ބްލޮކްސް އަށެވެ.

ގަވާއިދަށް އަމަލުކުރަން ފެށުމުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރާ ފަރާތްތައްވެސް އެމިނިސްޓްރީގައި ރަޖިސްޓްރީވާން ޖެހޭކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ހުއްދަނެތި އެބާވަތްތައް އެތެރެކުރި ނަމަވެސް ކަސްޓަމްސްއިން އެތަނެތި މީގެފަހުން ދޫނުކުރާނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެއެވެ.
ހިޔާލު

ގުމްރާހު

ރަގަޅު ކަމެއް އެންމެންގެ މައްޗަށް އެއް އުސޫލަކުން ތަންފީޒު ކުރެވެންނާ.

ނޫމާން

މިޔޮއް ލިޔުމެއް. މަށަށް ކޮންޗަރެކްޗަން ބަލި ޖެހިއްޖެ މިކިޔާފަ. މީހުނަށް ކިޔަން އިނޭ ގޮތަށް ލިޔެބަ.

ސުވަންކާ

އިންޑިޔާތަކެއްޗައް ދޯ ދެން ހުއްދަލިބޭނީ..؟