Raajje eteherekuri 1 kg ahvure gina masthuva takehchaaeku meehaku hayyaru koffi
image
އަތުލައުގަތް މަސްތުވާތަކެތި
ސީއެންއެމް
0 ކޮމެންޓް
 

ރާއްޖެ އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެ އެތެރެކުރި އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ކަސްޓަމްސްއިން ބުނީ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެއަށް އައި 21 އަހަރުގެ ފިރިހެނެއް ކަމުގައެވެ. ނަމަވެސް އޭނާގެ ނިސްބަތްވާ ގައުމެއް ކަސްޓަމްސްއިން ނުބުނެއެވެ.

ކަސްޓަމްސްއިން ބުނީ އޭނާގެ އަމަލުތައް ހުރިގޮތުން ބަލާފާސްކޮށް އޭނާގެ ލަގެޖްގައި އޮތް ފުޅިއެއްގައި ހުރި މަސްތުވާތަކެތި އަތުލައިގަތް ކަމުގައެވެ.

އެތަކެތީގެ ތަހުލީކުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާކަމަށާއި އޭގެ ބަރުދަގުގައި 1.096 ކިލޯ ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެތަކެތީގެ މަގުމަތީ އަގު 667000 ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ އެތަކެއްޗާއި އެމީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމުގައެވެ.
ހިޔާލު