Shah ge anhen dharifulhu Suhana graduate vejje
image
ސުހާނާ އާއި ގޯރީ އަދި ޝާހު---
0 ކޮމެންޓް
 

ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ގްރެޖުއޭޓް ވެއްޖެ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ ހާން ގްރެޖުއޭޓް ވެއްޖެއެވެ.
ލަންޑްނުގެ އާރްޑިންގްލީ ކޮލެޖުގައި ތައުލީމު ހާސިލްކުރި ސުހާނާ ގުރެޖުއޭޓު ވެފައިވާކަން އޭނާގެ ބައްޕަ ޝާހު އާއި މަންމަ ގޯރީ ހާން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ކޮންމެއަކަސް، މި ހަބަރު ވެގެންދިޔައީ ސުހާނާގެ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ހަބަރަކަށެވެ.
View this post on Instagram

Lunch at Ardingly.. Graduation

A post shared by Gauri Khan (@gaurikhan) on
ގިނަ ބަޔަކު ސުހާނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާނެ އިރެއްގެ އިންތިޒާރުގައި ތިބިއިރު ގްރެޖުއޭޓް ވުމަށްފަހު ސުހާނާ ވަރަށް އަވަހަށް ބޮލީވުޑް ފިލްމަކުން ފެނިގެންދާނެ ކަމަށް އިންޑިއާގެ ހަބަރުތަކުން އަންނަނީ ބުނަމުންނެވެ.

އުމުރުން 19 އަހަރުގެ ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކޮލެޖުގެ ކުރު ފިލްމެއް ކުޅެފައެވެ. އެ ކުރު ފިލްމަށް އޭނާއަށް އެވޯޑެއް ވެސް ލިބުނުއިރު ޝާހު ބުނީ ސުހާނާ ބޭނުންވަނީ އެކްޓު ކުރަން ކަމަށާއި ތިން ވަރަކަށް އަހަރު ތެރޭ ރަނގަޅު އެކްޓަރަކަށް އޭނާ ވާނެކަމަށެވެ.
ހިޔާލު