Anushka Pottery hadhan dhaskuranee
image
އަނުޝްކާ--
0 ކޮމެންޓް
 

އަނުޝްކާ ޕޮޓަރީ ހަދަން ދަސް ކުރަނީ

ބޮލީވުޑުގެ ކުޅަދާނަ ބަތަލާ އަނުޝްކާ ޝަރްމާ، ޕޮޓަރީ ދަސްކުރުމަށް މަސައްކަތް ފަށައިފިއެވެ.
އަނުޝްކާ މިވަގުތު ހުރީ ލަންޑަނުގައެވެ. އުމުރުން 31 އަހަރުގެ އަނުޝްކާއާ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަނުކްޝާ، ޕޮޓަރީ ދަސްކުރަނީ އެކަމަށް އޭނާ ވަރަށް ބޮޑަށް ހިތް ޖެހިގެންނެވެ. އެގޮތުން ލަންޑަނުގައި ހިންގާ ޕޮޓަރީ ކްލާސްތަކަކަށް މިހާރު އޭނާ ދާން ފަށާފައިވާ ކަމަށް ވެސް ވެއެވެ.

ޕީކޭ ފަދަ ކާމިޔާބު ފިލްމުތަކުގައި ފެނިފައިވާ އަނުޝްކާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ، "ޒީރޯ" އިންނެވެ. އެ ފިލްމަށް ފަހު މިހާރު އެހެން ފިލްމެއްގެ މަސައްކަތް ކުރަން ނިންމާފައިވާ އަނުޝްކާ އޭނާގެ ކުރިއަށް އޮތް ފިލްމުގައި ފެނިގެންދާނީ ޕޮލިހެއްގެ ރޯލުންނެވެ.

މީގެ ދުވަސްތަކެއް ކުރިން އަނުޝްކާ ވަނީ "ސުއި ދާގާ" ގައި މަސައްކަތް ކުރުމަށް ރޮދި ބޭނުންކޮށްގެން ތަފާތު ޑިޒައިންތައް ހަދަން ވެސް ދަސްކޮށްފައެވެ. އެކަމަކު ޕޮޓަރީގެ މަސައްކަތް އޭނާ ދަސް ކުރަމުންދަނީ ފިލްމެއްގައި އެފަދަ ރޯލެއް ކުޅެން ޖެހިގެންނެއް ނޫނެވެ. އެ ހުނަރު ދަސްކުރަން ބޭނުންވެގެންނެވެ.
ހިޔާލު