Rahrashuge fihaara thah ves 24 gadi iru viyafaari kurumuge huhdha libeyne
image
ފިހާރައެއް--- ފޮޓޯ:އިހަވަންދޫ.ކޮމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރަށްރަށުގެ ފިހާރަތަކަށް ވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބޭނެ

މާލެ އެކޭ އެއް ފަދައިން ރަށްރަށުގެ ފިހާރަތަކަށް ވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާގޮތަށް ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ޕީއެސްއެމްއަށް އަށް ދެއްވި އިންޓަވިއުއެއްގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، މާލެއެކޭ އެކޭ އެއްފަދައިން ރާއްޖޭގެ ރަށްރަށުގައި ވެސް 24 ގަޑިއިރުގެ ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ވިސާމް ވިދާޅުވިގޮތުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ އުސޫލުތަކާއި އިޖުރާއަތްތައް، މިހާރުވާނީ ރަށު ކައުންސިލްތަކާ ހިއްސާކޮށްފައެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ހުއްދަދިނުމުގެ ބާރު ރަށު ކައުންސިލްތަކަށް ލިބިގެންވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރެވޭގޮތަށް ހުރި ތަނަކަށް ވާންޖެހޭނެ އެވެ. އޭގެ އިތުރުން ފިހާރަ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަށް ވުމާއެކު ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާންޖެހޭނެ ކަމަށެވެ.

މާލެއިން 14 ތަނަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާއިރު އައްޑޫ ސިޓީން 13 ސަރަހައްދަކަށް ވަނީ 24 ގަޑއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވެއެވެ.
ހިޔާލު