"Zuvaanunge holhuashi" ge dhevana bahdhaluvun Gulheega kuriyah gengosfi
image
ގުޅީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:ޔޫތް މިނިސްޓްރީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

"ޒުވާނުންގެ ހޮޅުއަށި" ގެ ދެވަނަ ބައްދަލުވުން ކ. ގުޅީގައި ކުރިއަށްގެންގޮސްފި

ޔޫތް މިނިސްޓްރީއިން ކުރިޔަށް ގެންދާ "ޒުވާނުންގެ ހޮޅުއަށި" ގެ ދެވަނަ ބައްދަލުވުން ކ. ގުޅީގައި ކުރިއަށް ގެންގޮސްފިއެވެ.
"ގެވެށި އަނިޔާ" ގެ މައުޝޫގެ ދަށުން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި 15 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވުން ކުރިއަށްގެން ގޮސްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ (އެފްޕީއޭ) ގެ އެހީއާއި އެކުއެވެ.

"ޒުވާނުންގެ ހޮޅުއަށި" ގެ ދެވަނަ ބައްދަލުވުމުގައި ނޭޝަނަލް ޔޫތް ކައުންސިލް، ނޭޝަނަލް ކެރިއާ ގައިޑެންސް ސެންޓާ، ޔޫތް ހެލްތް ކެފޭ އަދި ޔޫތް މިނިސްޓްރީގެ މެމްބަރުން ވަނީ ބައިވެރިވެ މައުލޫމާތު ހިއްސާކޮށްފައެވެ. އެބޭފުޅުންވަނީ ގުޅީ ކޮމިއުނިޓީ ސެންޓާއަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މީގެ އިތުރުން ގުޅީގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ދުޅަހެޔޮ ހަޔާތެއް ބިނާކުރާން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ޔޫތް މިނިސްޓްރީގެ ފަރާތުންވަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ.

ޔޫތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ބައްދަލުވުމަކީ ސިލްސިލާކޮށް ކޮންމެ މަހަކުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުމެކެވެ. "ޒުވާނުންގެ ހޮޅުއަށި" ގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މޭމަހު މާލޭ އިޖްތިމާއީ މަރުކަޒުގައެވެ. އެބައްދަލުވުމަގައި މިނިސްޓަރު އަހްމަދު މަހްލޫފުވެސް ވަނީ ބައިވެރިވަޑައިގެންނެވިއެވެ.
ޒުވާނުން ކ. ގުޅީ
ހިޔާލު