Aharaku dhe faharu Night Market beyhvey gothah ninmaifi
image
ރޭ ހުޅުވި މިއަހަރުގެ ނައިޓް މާކެޓްގެ މޭޒަކުން ބަޔަކުން އެއްޗެހި ތަކެއްބަލަނީ: މޯސުމް ގޯސްވުމުގެ ސަބަބުން މިރޭ ނައިޓް މާކެޓް ނުބޭއްވޭ--ފޮޓޯ: ސީއެންއެމް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މާލޭ ސިޓީގައި އަހަރަކު ދެ ފަހަރު ނައިޓް މާކެޓް ބޭއްވޭގޮތަށް ނިންމައިފި

މާލޭ ސިޓީގައި އަހަރަކު ދެ ފަހަރު ނައިޓް މާކެޓް ބޭއްވޭގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުގެ މިއަދު އޮތް ކުއްލި ބައްދަލުވުމުގައި އެގޮތަށް ކަނޑައެޅިއިރު މިމަހުގެ 19 ވަނަ ދުވަހު ވެސް ސިޓީ ކައުންސިލުން ވަނީ މާލޭގައި ނައިޓް މާކެޓު ބޭއްވޭނެ ވަކި ދުވަސްތަކެއް ވެސް ކަނޑައަޅާފައެވެ. ނަމަވެސް މިމަހު 25 ވަނަ ދުވަހު ބޭއްވި އެކައުންސިލުގެ ބައްދަލުވުމުގައި ވަނީ މިމަހުގެ 19 ގައި ފާސް ކުރި ފާސްކުރުން ބާތިލުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު ޒަމީރު ސީއެންއެމްއަށް ވިދާޅުވީ، އެ ނިންމުން ބާތިލުކުރުމަށް ފަހު، ސިޓީ ކައުންސިލުގެ މިއަދު އޮތް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު މާލޭގައި ނައިޓްމާކެޓް ބާއްވަން ހުއްދަ ދޭނެ ދުވަސްތަކެއް ކަނޑައަޅާފައެވެ.

ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ މާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދޭނީ ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ކުރިން ޝައުބާ މަހު ތެރޭގަ އާއި ކޮންމެ އަހަރެއްގެ ސްކޫލް ބޮޑު ޗުއްޓީ ތެރޭގައި ކަމަށެވެ.

ނައިޓް މާކެޓު މާލޭގައި ބޭއްވޭނެ ވަކި ދުވަސްތަކެއް ސިޓީ ކައުންސިލުން ކަނޑައެޅިއިރު އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ނައިޓްމާކެޓު ބޭއްވުމަށް ދޫކުރާ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް ގެޒެޓްކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދަލެވެ.
ހިޔާލު