Baeh School thakah Contract havaalu nukureveythee Naasthaa dhenee PTA medhuverikoh
image
ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާ ކަނީ--ފޮޓޯ:މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ބައެއް ސްކޫލުތަކަށް ކޮންޓްރެކްޓްތައް ހަވާލު ނުކުރެވޭތީ ނާސްތާ ދެމުންދަނީ ޕީޓީއޭ މެދުވެރިކޮށް

ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކްޓްތައް ބައެއް ސްކޫލުތަކަށް އަދިވެސް ހަވާލުނުކުރެވޭ ކަމަށާއި އެކަމަކު އެ ސްކޫލުތަކަށް ވެސް ޕީޓީއޭ މެދުވެރިކޮށް ނާސްތާ ދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނާސްތާ ޕްރޮގްރާމްގެ ކޮންޓްރެކްޓްތައް އަދިވެސް ބައެއް ސްކޫލުތަކާއި ހަވާލެއް ނުކުރެވެއެވެ.

އެހެންވެ، ކޮންޓްރްކްޓް ހަވާލު ނުކުރެވޭ ސްކޫލުތަކުގެ ދަރިވަރުންނަށް ނާސްތާ ދެމުންދަނީ އެސްކޫލުތަކުގެ ޕީޓީއޭން ކަމަށް ވެސް އޮފިޝަލް ވިދާޅުވެއެވެ. އެކަމަކު ކޮންޓްރެކްޓް ހަވާލު ނުކުރެވޭ ސްކޫލުތަކުގެ ސީދާ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ ހެނދުނުގެ ނާސްތާ ދޭން ފަށާފައެވެ.

ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ވައުދުފުޅެކެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފެށި އެޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި ކިޔަވަމުން އަންނަ 70000 އެއްހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެއެވެ.
ހިޔާލު