Fandiyaaru Raqib ge mahsala JSC in balan fashaifi
image
ފަނޑިޔާރު ރާގިބުގެ މައްސަލަތަކެއް ޖޭއެސްސީއިން ތަހުގީގުކުރަނީ--
2 ކޮމެންޓް
 

ފަނޑިޔާރު ރާގިބުގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަން ފަށައިފި

ކ. ތުލުސްދޫ މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދުގެ ސުލޫކީ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ރާގިބާ ގުޅޭ ޖުމްލަ އަށް ޝަކުވާއެއް ޖޭއެސްސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެމައްސަލަތައް މިހާރު ތަހުގީގުކުރަން ފަށާފައިވީނަމަވެސް ތަހުގީގު ގޮސްފައިވާ ހިސާބު ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީއިން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރިން އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި މިހާރު ހުށަހެޅެމުންދާ މައްސަލަތައް ބަލަމުންނެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ސްލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން އެންމެ ފުރަތަމަ ވަކިކޮށްފައިވަނީ ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު އެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ހިޔާލު

ބުއްދީގެ ހަމަ

ކ.ތުލުސްދޫގައި ހުރި މެޖިސްޓްރޭޓަކު މާލެ ގެނައުމާއި ތަހުޤީޤު ކޮމެޓީގެ 05 މެންބަރުން ތުލުސްދުއަށް ދިޔުމާ މި ދެގޮތުން ދައުލަތަށް ހަރަދު ކުޑަވާނީ ކޮން ގޮތެއްތޯ؟

ހުމް

މުޅި ގައުމު ދޮވެ ސާފުކޮށްބަލަ ނޫނީ ކެނެރީގޭ ނަސީދު އޯމޯލާފަ ދޮއްވާބަލަ މިގައުމުގެ ހަލަބޮލި ކުރަނީ އޭނަވިއްޔަ