Katrina aa innan kamah bune egeah meehaku gosfi
image
ކެޓްރީނާ---
0 ކޮމެންޓް
 

ކެޓްރީނާ އާ އިންނަން ކަމަށް ބުނެ އެގެއަށް މީހަކު ގޮސްފި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާ ކައިވެނިކުރުމަށް ކެޓްރީނާ އުޅޭ ގެއަށް މީހަކު ގޮސްފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެމީހާ ކެޓްރީނާ އާ އިންނަން އެގެއަށް ގޮސްފައިވަނީ ބޮޑު މާބޮނޑިއެއް ވެސް ހިފައިގެންނެވެ. އެމީހާ އެގެއަށް ވަންނަން މަސައްކަތް ކުރަން އުޅުނު ނަމަވެސް ސެކިއުރިޓީ ގާޑުން ވަނީ އެމީހާ ހުއްޓުވާ އެސަރަހައްދުން އެމީހާ ފޮނުވާލާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ކެޓްރީނާ އާ ބައްދަލުކުރުމަށް އޭނާގެ ގިނަ ސަޕޯޓަރުން ވަނީ މީގެ ކުރިން ވެސް އެގެ ކައިރިއަށް ގޮސްފައެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެޓްރީނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެއެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައިވަނީ "ބަރަތު" އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރު މާޗް މަހު ނެރުމަށް ހަމަޖެހިފައިވާ "ސޫރަޔަވަންޝީ" އިންނެވެ.
ހިޔާލު