Evves Gaumehge Askaree Marukazeh Raajjeygai Naalhaane: General Shamaal
image
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް.-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނާޅާނެ: ޖެނަރަލް ޝަމާލް

ރާއްޖޭގެ އެއްވެސް ތަނެއް، އެއްވެސް ގައުމަކަށް އަސްކަރީ މަރުކަޒެއް އަޅަން ދޭން ސަރުކާރުގެ އިތުރުން އެމްއެންޑީއެފުން ވެސް ބޭނުން ނުވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ހެޑްކުއާޓަރުގައި ނޫސްވެރިންނާ ބައްދަލުކޮށް ޝަމާލް ވިދާޅުވީ، އެއްވެސް ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހަދަން ހުއްދަ ނުދިން ކަމުގައި ވީނަމަވެސް ގައުމުތަކާ ގުޅިގެން މިލިޓަރީ ކެޕޭސިޓީ އިތުރު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ޝަމާލް އެހެން ވިދާޅުވި އިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަން ހުއްދަ ދީފައިވާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އެގޮތުން އުތުރު ތިލަފަޅު އިންޑިއާ އަސްކަރިއްޔާ އަށް ދީފައިވާ ކަމަށް ވެސް އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރެ އެވެ.

އެކަމަކު ޝަލާމް ވިދާޅުވީ އުތުރު ތިލަފަޅުފައި ކޯސްޓްގާޑް އުޅަނދުތައް ބަނދަރު ކުރުމުގެ އިތުރުން، އެ އެއްޗެހި މަރާމާތު ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް ވިސްނަވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އަމިއްލަ އެފަދަ ތަނެއް ހުރުމުން، ކޯޓްގާޑްގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވާނެ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.
ހިޔާލު

ހަސީބާ

އެހެންތޯ.. ހެލިކަޕްޓަރާއި އެކު ރާއްޖޭގައި އެތިބޭ އިންޑިޔާ ސިފައިން ތިބޭ ތަނައް ކިޔާނީ ކީކޭތޯ.. އެއީ މަރުކަޒެއް ނޫންކަމުގަ ވަންޏާ އެއީ ޖަގަހައެއްތޯ..؟