Dharivarunge thimaaveshi ilthimaas, garaarehge gothuga maadhamaa ge jalsaa ah
image
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި، މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ސްކޫލްތަކުގެ ދަރިވަރުން--
0 ކޮމެންޓް
 

ދަރިވަރުންގެ ތިމާވެށި އިލްތިމާސް، ގަރާރެއްގެ ގޮތުގައި މާދަމާގެ ޖަލްސާއަށް

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހާއްސަ އިލްތިމާސް، ގަރާރެއްގެ ގޮތުގައި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
ތިމާވެށި ރައްކާތެރި ކުރުމާ ގުޅޭ ހާއްސަ އިލްތިމާސް، ސްކޫލްތަކުގެ ފަރާތުން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ހާއްސަ ދައުވަތަކަށް ސްކޫލްތަކުގެ ދަރިވަރުން އެކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެ އެވެ.

އެބައްދަލުވުން ބާއްވާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. ކޮމެޓީގެ އެބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ދަރިވަރުން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕާލިސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތާލުމަށް ކުރާ އިލްތިމާސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފަ އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަގައިގެން މާލޭގެ ސްކޫލްތަކާ ގުޅިގެން، އެ ސްކޫލުތަކުގެ ކުދިން މަޖިލިސް ކޮމިޓީގެ މެމްބަރުންނާ ވަނީ ބައްދަލުކުރައްވާ ތިމާވެއްޓާ ގުޅޭ ގިނަ ކަންކަން ހިއްސާކޮށްދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ތިމާވެއްޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ސްކޫލްތަކުގެ ދަރިވަރުންނާ މަޖިލީހުގެ ތިމާވެށި ކޮމިޓީން ބައްދަލުކުރި، އެ ދުވަހުން ފެށިގެން، މަޖިލީހުގެ ކޮމެޓީތަކުގައި ބޭނުންކުރާ ޕްލާސްޓިކް ފެންފުޅި ބަހައްޓާފައެއް ނުވެއެވެ.

މިމަހުގެ 23 އިން ފެށިގެން މަޖިލީހުގެ ކޮމެޓީތަކުގަ އާއި ޖަލްސާ ކުރާ މާލަމުގައި އެއްފަހަރު ބޭނުންކޮށް، އުކާލެވޭ ޕްލާސްޓިކް ފެންފުޅި ބެހެއްޓުން ނުވަތަ ގެންގުޅުން ވަނީ މަނާކޮށްފަ އެވެ.
ހިޔާލު