Concrete pumpakun jehi meehehga fai chiss vejje
image
ކޮންކްރީޓް ޕަމްޕް މެޝިނެއް-- ފޮޓޯ: އައިމިކްސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ކޮންކްރީޓް ޕަމްޕަކުން ޖެހި މީހެއްގެ ފައި ޗިސްވެއްޖެ

ކޮންކްރީޓް ޕަމްޕް މެޝިނެއްގެ ފުރޮޅު ދަށުވެ މީހެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ރޭ ދަންވަރު 01:00 ހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 41 އަހަރުގެ މީހެކެވެ.

އެ ހާދިސާ ހިނގާފައި ވަނީ އިސްކަންދަރު މަގުން ޕިކަޕެއްގެ ކަފު ޖަހައިގެން ކޮންކްރީޓް ޕަމްޕް މެޝިނެއް ގެންދަނިކޮށެވެ. އަނިޔާވެފައިވާ މީހާ އެވަގުތު ދިޔައީ އެ މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގެ ކައިރިން ހިނގާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ފައިތިލަ ކޮންކްރީޓް ޕަމްޕް މެޝިނުގެ ދަށުވެ އޮތީ ޗިސް ވެފަ އެވެ.

ފުލުހުން ބުނެފައި ވަނީ ހާދިސާ ހިނގި އިރު ޕިކަޕް ދުއްވަން އިނީ ބިދޭސީއެއް ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓް ޕޮލިސް
ހިޔާލު