Uthuraai Dhekunuga transshipment bandharu hedhun muhimmu: Economic Ministry
image
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުން މުހިއްމު: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސް-ޝިޕްމެންޓު ބަނދަރެއް ތަރައްގީ ކުރުމަކީ ވަރަށް އިސްކަން ދޭކަމެއް ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެފި އެވެެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސް-ޝިޕްމެންޓު ބަނދަރެއް ތަރައްގީ ކުރުމުގެ ފީޒިބިލިޓީ ބެލުމަށް އިސްކަމެއްދޭ ކަމަށެވެ.

އެގޮތުން ޓްރާންސް-ޝިޕްމެންޓު ބަނދަރެއް ރާއްޖޭގައި ތަރައްގީ ކުރުމަކީ ވަރަށް ކުރީއްސުރެ ދެކެވޭ ވާހަކައެއް ނަމަވެސް އެއްވެސް އިރެއްގައި އަމަލީ ސިފައެއް އައިސްފައިވާ މަޝްރޫއެއް ނޫން ކަމަށް އިޔާދު ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލުކޮށް މިދައުރުގެ ތެރޭގައި އެމަޝްރޫއަށް އަމަލީ ސިފައެއް ގެނައުން ކަމަށާއި އެމަޝްރޫއުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ކޮންސަލްޓެންޓެއް ހޯދުން ކަމަށް އިޔާދު ވިދާޅުވި އެވެ.

ކޮންސަލްޓެންޓެއް ހޯދުމަށްޓަކައި އިއުލާނުކޮށްފައިވާ ކަމަށާއި އަމާޒަކީ އޯގަސްޓު މަހު ތެރޭގައި ކޮންސަލްޓަންޓު ހަމަޖެހި، މަސައްކަތް ފެށުން ކަމަށް އިޔާދު ވިދާޅުވި އެވެ.

ކޮންސަންޓެންޓް ކުރާނެ މަސައްކަތުގެ ތެރޭގައި ފީޒިބިލިޓީ ބެލުމާއި ފީޒިބިިޓީ އަށް ބިނާކޮށް މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލުމާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުން ވާނެ ލިޔެކިއުންތައް ތައްޔާރު ކުރުން ހިމެނެ އެވެ.
ހިޔާލު