Luthufee ge massalagai Home Minister Imran aai suvaalu kurumah Majleehah!
image
އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

ލުތުފީގެ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާނާ ސުވާލު ކުރުމަށް މަޖިލީހަށް!

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލައި، ރާއްޖެ ހިފުމަށް، ތަމަޅަ ޓައިގަރުންނާއެކު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާތަކުގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ، ސްރީލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާއިން ކޮންމެ އާދިއްތަ ދުވަހަކު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ، ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ލުތުފީގެ މައްސަލަ އެމަނިކުފާނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި ވަޒީރާ ސުވާލު ކުރެއްވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އެކަން ވަޒީރަށް އަންގަވައި، 14 ދުވަހުގެ ނޯޓިސް މިހާރު ގުނަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ލުތުފީގެ މައްސަލާގައި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އޭނާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އެވެ. ނަމަވެސް އެއީ ކޮން ސުވާލެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ނޮވެމްބަރު 3 1988 ގައި ތަމަޅަ ޓައިގަރުންނާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ދިވެހިންގެ ބަޔަކު ޝާހިދުވިއިރު، އެކަމުގެ ފަހަތުގައި ހުރީ ލުތުފީ އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ ބޭސް ފަރުވާއަށް އޭނާ ލަންކާ އަށް ދިޔުމަށް ހުއްދަ ދިނީ ޖެނުއަރީ 16 2010 ގައެވެ. ބޭހަށް ފޮނުވުމާއެކު އޭނާ ވަނީ ފިލާފަ އެވެ. އޭރުން ފެށިގެން ލުތުފީ ފިލައިގެން އުޅެމުން އައިސްފައި ވަނީ ލަންކާގަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އައުމުންނެވެ. އޭނާ މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ހިޔާލު

އަހޫ

ދެން ޢިމްރާންބޮލަށް ކަނޑާލާފަ އޭނަ ބޭރުކުރޭ.