MDP PG leader akah Azim ekani, Inthihab angaara dhuvahu
image
އާޒިމް މަޖިލިސް ޖަލްސާއެއްގައި
ސީއެންއެމް
0 ކޮމެންޓް
 

އެމްޑީޕީ ޕީޖީ ލީޑަރަކަށް އާޒިމް އެކަނި، އިންތިހާބް އަންގާރަ ދުވަހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެމްޓްރީ ގުރޫޕްގެ އިންތިހާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު އަންނަ ޖުލައި މަހުގެ ދެ ވަނަ ދުވަހު އޮންނާނެ ކަމުގައެވެ.

ޕާލިމެންޓްރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލައްވާފައިވާ މެމްބަރުންގެ ލިސްޓްވެސް އެޕާޓީންވަނީ އާއްމު ކޮށްފައެވެ.

އެގޮތުން ޕީޖީ ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކުރިމަތިލައްވާފައިވާއިރު، ނައިބު ލީޑަރުންކަމަށް ހެންވެރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމްއާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބްވަނީ ކުރިމަތި ލައްވާފައެވެ.

މީގެ އިތުރުން އަމީންއާއްމާއި އަމީން އާއްމުގެ ނައިބާއި ޗީފް ވިޕާއި ވިޕުންގެ މަގާމްތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައްވެސްވަނީ އެމްޑީޕީން އާއްމު ކޮށްފައެވެ.
އެމްޑީޕީ
ހިޔާލު