Dharinnaa eku vaguthu heydha koh, kankan hissaa kurumuge muhimmu kan!
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދަރިންނާއެކު ވަގުތު ހޭދަކޮށް، ކަންކަން ހިއްސާ ކުރުމުގެ މުހިއްމުކަން!

ކުޑަކުދިން އެންމެ ބޭނުންވާ ކަމަކީ މައިންބަފައިންގެ އަޅާލުމެވެ. މައިންބަފައިން ގިނަ ވަގުތު އެކުދިންނާ އެކު ހޭދަކުރުމެވެ. އެކުދިންގެ ބޭނުންތައް ފުއްދައިދީ އަބަދު ވެސް އެ ކުދިންގެ ކައިރީގައި އުޅުމެވެ.
އެކުދިންނާއެކު ވަގުތު ހޭދަކުރަން މައިންބަފައިން މަސައްކަތް ކުރަންޖެހޭނެ އެވެ. ދަރިންނާއެކު ބޭރަށް ގޮސް އެކުގައި ކުޅެ މަޖާކޮށް، ރެސްޓޯރެންޓަށް ކާން ދިޔުން ފަދަ ކަންކަމުން ދަރިންނަށް ހިތްހަމަޖެހުން ލިއްބައިދޭނެ އެވެ.

މައިންބަފައިން ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ކުދިންނާއެކު އޮންނަ ގުޅުން ވެސް ބަދަހިވުމަށް އެހީވެދޭ ކަމެކެވެ. ވަކި އުމުރަކަށް ދިޔުމުން ކުދިން މައިންބަފައިންނާ ދުރުވާ މައްސަލަ ހައްލު ކުރަން ވެސް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ކުޑައިރުން ފެށިގެން ކުދިންނާއެކު ވަގުތު ހޭދަ ކުރުމެވެ.

ދަރިންނާ ކަންތައްތައް ހިއްސާކޮށް އެކުދިންގެ ވާހަކަތައް އަޑު އަހާ، ކަންކަމުގައި ދެކޭ ގޮތް ހިއްސާ ކުރުމަކީ މުހިއްމު ކަމެކެވެ. ދައްކާނެ ވާހަކައެއް ނެތްނަމަ އެކުދިންނަށް ދިމާވާ އެކި ކަންކަން ހިއްސާ ކުރަން ހިތްވަރު ދޭށެވެ.

ދަރިންނާ ވާހަކަދައްކާ، ކަންކަން ހިއްސާކޮށް، އަޑު އަހައި ހެދުމުން މައިންބަފައިން ދަރިންނާ މެދު ޝައުގުވެރިވާކަމުގެ އިހުސާސް ކުދިންނަށް ކުރެވޭނެ އެވެ. މިއީ ވެސް މައިންބަފައިންނާއި ދަރިންގެ ގުޅުން ބަދަހި ކުރަން އެޅޭ ފިޔަވަޅެކެވެ.

އެންމެ ކުޑަ އިރުން ފެށިގެން ކުދިންނާއެކު ވަގުތު ހޭދަކޮށް، ވާހަކަތައް ހިއްސާކޮށް ހެދުމަކީ ކުއްޖާ ފުރާވަރު އުމުރަށް އަޅާއިރު ވެސް އެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ ހުރިހާ މައިންބަފައިން ވެސް ވިސްނުން މުހިއްމު ކަމެކެވެ.
ކުޑަކުދިން ފޭޑި
ހިޔާލު