Dhunfathuge gaanoonah amalu kuraa minvaru balan operation eh fashanee
image
ފޮޓޯ: އަވަސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދުންފަތުގެ ގާނޫނަށް އަމަލު ކުރާ މިންވަރު ބަލަން އޮޕަރޭޝަނެއް ފަށަނީ

ދުންފަތުގެ ކަންކަމާ ބެހޭ ގާނޫނާއި ގަވާއިދަށް އަމަލު ކުރާ މިންވަރު ބެލުމަށް ހެލްތު މިނިސްޓްރީން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގާނީ ހެލްތު މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން މުއައްސަސާތައް ގުޅިގެން ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެގޮތުން އެ އޮފަރޭޝަނުގައި ދުންފަތުގެ ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަސައްކަތް ކުރިޔަށްދާ އިރު، ބޭނުންވާ ހާލަތްތަކުގައި އެ ކަމުގައި ޝާމިލުވާ ޓީމުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން ތަންތަން ބަންދު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ އޮ ޕަރޭޝަންތައް ކުރިޔަށްދާއިރު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ހިޔާލު