JP ge naib raees kamah kurimathi lumah hulhuvaalaifi
image
ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން-- ފޮޓޯ: ދަ އެޑިޝަން
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޖޭޕީގެ ނައިބު ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 4 އާ ހަމައަށް ހުޅުވާލައިފި އެވެ.
އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނީ އެމަގާމަށް ޝައުގުވެރިވާ އެ ޕާޓީގެ އެންމެހާ މެމްބަރުންނަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެގޮތުން ޖުލައި 4 ވާ ބުރާސްފަތު ދުވަހުގެ މެންދުރު 03:00 ގެ ކުރިން އެމީހެއްގެ ވަނަވަރާއި، ޕާސްޕޯޓު ސައިޒު ފޮޓޯ ޕާޓީ އޮފީހަށް ފޮނުވަން ޖެހެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރަކީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. އެ ޕާޓީގެ ވެބްސައިޓުގައިވާ ގޮތުން ޕާޓީގެ ރައީސަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޕާޓީގައި ލީޑާރުގެ ނައިބުންނާއި ނައިބު ރައީސުންތަކެއް ވެސް ތިއްބަވަ އެވެ. އެގޮތުން ވެބްސައިޓުގައިވާ ގޮތުގައި އެންމެ ފަހުން ނައިބު ރައީސްކަން ކުރެއްވީ މިހާރު ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. އަބްދުﷲ މައުސޫމެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖޭޕީގައި މިވަގުތު ތިބީ 10577 މެމްބަރުންނެވެ.
ޖޭޕީ
ހިޔާލު