Raajje aai Singapore aa dhemedhu 2 ebbasvumehga soikoffi
image
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު ދެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެއީ ވައިގެ ދަތުރުފަތުރާ ބެހޭ އެމްއޯޔޫއަކާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫ އެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް ސޯލިހާއި ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫ ތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.


ހިޔާލު