Inthihaabee konme dhaairaa akun JP thamseel kuraane raeesun hovanee
image
ރޭ އޮތް ޖޭޕީ ކައުންސިލްގެ ބައްދަލުވުން-- ފޮޓޯ: ޖޭޕީ
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އިންތިހާބީ ކޮންމެ ދާއިރާއަކުން ޖޭޕީ ތަމްސީލް ކުރާނެ ރައީސުން ހޮވަނީ

ރާއްޖޭގެ އިންތިހާބީ ކޮންމެ ދާއިރާއަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ތަމްސީލް ކުރާނެ ބޭފުޅަކު އިންތިހާބު ކުރަން އެ ޕާޓީން ނިންމައިފި އެވެ.
ރޭ ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު، މ. ކުނޫޒުގައި އޮތް ޖޭޕީ ކައުންސިލްގެ 130 ވަނަ ރަސްމީ ބައްދަލުވުމާ ބެހޭ ގޮތުން މައުލޫމާތު ދެމުން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ ކޮންމެ އިންތިހާބީ ދާއިރާއަކަށް ޖޭޕީގެ ފަރާތުން ދާއިރާގެ ރައީސްގެ މަގާމެއް އުފައްދާފައިވާ ކަމަށެވެ.

އަދި ރޭ ބޭއްވުނު ކައުންސިލްގެ ބައްދަލުވުމަކީ ދާއިރާ ރައީސުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ފާސްކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ދާއިރާގެ ރައީސުންގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައި ކަމަށެވެ. އަދި ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ވަރަށް އަވަހަށް ޕާޓީން އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ވަރަށް އަވަހަށް އާއްމުކޮށް އިއުލާން ކުރާނަން. އަދި އެކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އަޅުގަނޑުމެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާންނަން،" ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ އިންތިހާބީ 87 ދާއިރާއަށް ޖޭޕީގެ ފަރާތުން ދާއިރާގެ ރައީސުން ހޮވުމަށް ނިންމި ނިންމުމަކީ ޕާޓީގެ ކުރިމަގު އުޖާލާވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ދާއިރާގެ ރައީސުންނަކީ ޖޭޕީގެ ކައުންސިލަށް ވެސް އަދި އެހެން އިންތިހާބުތަކަށް ވެސް ޖޭޕީގެ ފަރާތުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ބޭފުޅުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަކީ ވަކި ބަޔަކަށް ނުވަތަ މީހަކަށް ބަރޯސާވާ ޕާޓީއެއް ކަމަށް ކުރެވޭ ތުހުމަތުތަކާއި ބެހޭ ގޮތުން ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކުރިމަގުގެ އަމާޒަކީ ޕްރައިމަރީ ބާއްވައިގެން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ލިބޭނެ ފަދަ ގޮތަކަށް އިންތިހާބުތައް ކުރިއަށް ގެންދިއުން ކަމަށް ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށެވެ.

ރޭ އޮތް ޖޭޕީ ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިކަން ވެސް ވަނީ ހާމަކޮށްފައެވެ. ރޭގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ހިޔާލު

އަހައްމާ

ޖޭޕީއަކީ ވަކިބަޔަކަށް ބަރޯސާވާ ޕާޓީއެއް ނޫނެވެ. ޖޭޕީއަކީ ވިލާ ކުންފުނީން ހިންގާ ޕާޓީއެކެވެ. އެހެންކަމުން ހުސެން ވެސް ތިވިދާޅުވީ " ގާސިމް " ވިދާޅުވިކަމަށެވެ. އަބަދުވެސް ކުންފުނި ތަކުން ވިޔަފާރި ކުރާނީ ފައިދާ ނެގުމަށެވެ. އެހެންކަމުން ވިލާކުންފުނީން ވެސް ވިސްނާނީ ޖޭޕީ އިން ވިލާއަށް ފައިދާ ލިބޭނެ ގޮތަކަށެވެ.