Maradhoo bandharu hedhumuge masakkaiy MTCC ah
image
ސ. މަރަދޫ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އަށް

އައްޑޫ ސިޓީ މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފި އެވެ.
އެމްޓީސީސީއާ މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. އެގޮތުން އެ ކުންފުންޏަށް އެ މަޝްރޫއު ދިނީ 28 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއު ނިންމުމަށް 165 ދުވަސް ދީފައިވާއިރު އެ މަޝްރޫއުގެ ދަށުން އެރަށުގެ ބޭރު ތޮށީގެ ބަނދަރުފަޅީ ގައި 276 މީޓަރަށް އެލްބޮންކް ޖައްސައި އަދި މޫދާވީ ފަޅީގައި 300 މީޓަރަށް ބޮޑު ހިމަޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމާއި ބޭރު ތޮށީގައި ގާ އެތުރުމާއި އެކު ބަނދަރު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލު