Gaumee football team thakuge sponsarakah anekkaaves BML
image
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގައުމީ ފުޓްބޯޅަ ޓީމްތަކުގެ ސްޕޮންސަރަކަށް އަނެއްކާވެސް ބީއެމްއެލް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުން ދެ އަހަރުގެ މުއްދަތަކަށް އިތުރުކޮށް އަލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ސޮއިކުރައްވާފައިވާއިރު އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ކުރިޔަށް އޮތް ދެ އަހަރު ރާއްޖޭގެ އަންހެން އަދި ފިރިހެން ސީނިއާ ގައުމީ ޓީމްތަކާއި އަދި އެހެން ޒުވާން ޓީމްތައް ސްޕޮންސާ ކުރާނީ ބީއެމްއެލް ގެ ފަރާތުންނެވެ. އެހެންކަމުން މި ޓީމްތަކުން ބޭނުންކުރާ ހުރިހާ ކިޓްތަކުގައި ބީއެމްއެލްގެ ބްރޭންޑިން ހިމެނިގެންދާނެ އެވެ.
ހިޔާލު