Kelaa bandaru hedhumuge masaihkaih MTCC ah
image
ހއ.ކެލާ-- ފޮޓޯ: ސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކެލާ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އަށް

ހއ. ކެލާގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފި އެވެ.
އެމްޓީސީސީއާ މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. އެގޮތުން އެ ކުންފުންޏަށް އެ މަޝްރޫއު ދިނީ 16 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއު ނިންމުމަށް 330 ދުވަސް ދީފައިވާއިރު އެ މަޝްރޫއުގެ ދަށުން ހުޅަނގު ފަރާތު ނެރު ފައިކަށި 100 ފޫޓަށް ދިގު ކުރުމާއި 220 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން 50 މީޓަރު އެއްގަމު ތޮށި ހެދުމާއި އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ފުން ކުރުމުގެ އިތުރުން ނެރު ފުން ކުރުމާއި ދެ ނެރު ބައްތި ޖެހުމާއި ބަނދަރު ސަރަހައްދުގައި 18 ލައިޓް ޖެހުމާއި އަދި ހަތަރު ފްލޯޓިން ވައިޓް ބޮއި ހަރުކުރުން ހިމެނެ އެވެ.
ހިޔާލު