Hina ge adun reethi lava eh!
image
ހީނާ ހާން--
0 ކޮމެންޓް
 

ހީނާގެ އަޑުން ރީތި ލަވައެއް!

މަޝްހޫރު ޓީވީ އެކްޓަރެސް ހީނާ ހާން އޭނާގެ އަޑުން ގިނަ ބައެއްގެ ހިތްތައް އަނެއްކާ ވެސް ކަތިލައިފި އެވެ.
ހީނާ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ސަޕޯޓަރުންނަށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ހިއްސާކޮށްފައިވާއިރު އޭނާ ކިޔާފައިވަނީ ދާދި ފަހުން ނެރުނު ފިލްމު "ކަބީރް ސިންގް" ގެ ލަވައެއް ކަމަށްވާ "ތުޖެ ކިތުނާ ޗާހްނޭ ލަގޭ ހަމް" އެވެ.


ގިނަ ބަޔަކަށް ހީނާގެ އަޑުން ކިޔާފައިވާ އެލަވަ ކަމުގޮސްފައިވާއިރު ހީނާ އަށް ވަނީ އެތައް ބަޔަކު ތައުރީފު ވެސް ކޮށްފަ އެވެ. ލަވަ ކިޔުމަށް ޝައުގުވެރިކަން ހުންނަ ހީނާ ވަނީ މީގެ ކުރިން ވެސް ގިނަ ލަވަތަކެއް އެގޮތަށް ކިޔާފަ އެވެ.

މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

އެ ޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހީނާ ހުރީ އެ ޝޯއަށް އަލުން ނިކުންނަށް ތައްޔާރު ވެގެންނެވެ. ނަމަވެސް އެ ހަބަރު ހީނާ ވަނީ ދޮގުކޮށްފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު މިހާރު ތިބީ އެފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހީނާ ހާން
ހިޔާލު