Jabariya Jodi ge trailer nerefi
image
ޖަބަރިޔާ ޖޯޅީގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"ޖަބަރިޔާ ޖޯޅީ" ގެ ޓްރެއިލާ ނެރެފި

އޭކްތާ ކަޕޫރު ޑައިރެކްޓު ކުރާ ފިލްމު "ޖަބަރިޔާ ޖޯޅީ" ގެ ޓްރެއިލާ ނެރެފިި އެވެ.
ލީޑު ރޯލުން ޕަރިނީތި ޗޯޕްރާ އާއި ސިދާތު މަލްހޯތްރާ ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާ ނެރެފައި ވަނީ އިއްޔެ އެވެ. ދެ މިނެޓާއި 58 ސިކުންތުގެ އެ ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެ ޓްރެއިލާ ބަލާފަ އެވެ.އެ ފިލްމު ބިނާކޮށްފައި ވަނީ ކައިވެނި ކުރަން އުޅޭ ފިރިހެނެއް ކިޑްނެޕް ކުރުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ. ފިލްމުގައި ސިދާތުގެ އިތުރުން ޕަރިނީތި ޗޯޕްރާ އަދި ޖާވެދް ޖަފަރޭ ފެންނާނެ އެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހެވެ. ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފަ އެވެ.
ހިޔާލު