149 Kilo ge masthuvaathaketheege mahsalaigai 5 meehakah dhauvaa kohfi
image
އެ މައްސަލައިގައި ހިމެނޭ މީހުން--
0 ކޮމެންޓް
 

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފި

ގދ. ހުޅުވާރުލު ނަމަކަށް ކިޔާ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފި އެވެ.
އޭޕްރީލް މަހު އެރަށުގައި މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނުއިރު އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ހުރީ ހަތަރު މީހެކެވެ.

އެ ރަށުން މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުވާކޮށްފައި ވަނީ ގދ. ގައްދޫ، އުމުރުން 42 އަހަރުގެ އަހުމަދު ހާމީމް އާއި ގއ. ކޮނޑޭ، އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދުގެ އިތުރުން ގއ. ނިލަންދޫ، އުމުރުން 30 އަހަރުގެ އަލީ ޝާކިރަށެވެ. އޭގެ އިތުރުން ދެން އެމައްސަލައިގައި ހިމެނޭ ދެ މީހުންނަކީ ގދ. ގައްދޫ، އުމުރުން 23 އަހަރުގެ ޔާމީހް ހަމީދާއި ގއ. ކޮނޑޭ، އުމުރުން 34 އަހަރުގެ އަހުމަދު އަނިލް އެވެ.

ފުލުހުން އެމީހުން އަތުލައިގަތީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން މެދު ނުކެނޑި ގިނަ ގަޑިއިރުތަކެއް ވަންދެން ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އެމައްސަލާގައި އޭގެ ތެެރެއިން ހަތަރު މީހެއްގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަދި އަނެއް މީހާގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެކަން ސާބިތުވެއްޖެނަމަ އެއް ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލާނެ އެވެ.
ހިޔާލު