Raajjeyge faisaage thaareehu dhakkaidhey ''currency gallery'' hulhuvaifi
image
ފިނޭންސް މިނިސްޓަރު ''ކަރަންސީ ގެެލެރީ ހުޅުވައިދެއްވުން''-- ފޮޓޯ: އެމްއެމްއޭ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ''ކަރަންސީ ގެލެރީ'' ހުޅުވައިފި

ރާއްޖޭގައި މިހާތަނަށް ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެތި ދައްކުވައިދޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ''ކަރަންސީ ގެލެރީ'' މިއަދު ހުޅުވައިފިއެވެ.
މި ގެލެރީ އަކީ އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުވި ގެލެރީއަކަށްވާއިރު، މި ގެލެރީ ރަސްމީކޮށް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

''ކަރަންސީ ގެލެރީ'' ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން ކުރީގެ ގަވަރުނަރު ޤާސިމް އިބްރާހިމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ގެލެރީގައި އިހުއްސުރެ އަދާ ހަމައަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ފައިސާގެ ނޫޓުތަކާއި ފައިސާ ފޮތި ފެންނަން ހުންނާނެއެވެ.

ގަވަރުނަރު އަހުމަދު ނަސީރުގެ ވާހަކަފުޅުގައި ގެލެރީ ހުޅުވަމަކީ އެމްއެމްއޭގެ ޢިމާރާތް ހެދި އިރުވެސް ކުރަން ހަމަޖައްސާފައި އޮތް ކަމެއްކަމަށާއި ދިވެހިރާއްްޖޭގެ ފައިސާގެ ތާރީޙު ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

ދިވެހިންނާ ޓޫރިސްޓުންނަށް އާންމުކޮށް ހުޅުވާލާފައިވާ މި ގެލެރީ ހުންނަނީ އެމްއެމްއޭގެ ގްރައުންޑް ފްލޯގައެވެ.

މި ގެލެރީ ހުޅުވާފައި ހުންނީ ހަފްތާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އާ ހަމައަށެވެ.


އެމްއެމްއޭ ފިނޭންސް
ހިޔާލު