Judiciary islaahu kuran fandiyaarunge petition eh
image
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ޝުއައިބް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޖުޑިޝަރީ އިސްލާހުކުރަން ފަނޑިޔާރުންގެ ޕެޓިޝަނެއް

ރާއްޖޭގެ ޖުޑިޝަރީގައި ހުރި މައްސަލަތަކާ ބެހޭ ޕެޓިޝަނެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަފި އެވެ.
ޖޭއެސްސީ އަށް ހުށަހެޅި ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ 107 ފަނޑިޔާރުންނެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަށް ނިންމާ ނިންމުންތަކަށް ސުޕްރީމް ކޯޓުން ދެކޮޅު ހަދާފައިވާތީ މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

ރާއްޖޭގެ ފަނޑިޔާރުންގެ އެކި މައްސަލަތަކުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެކަމަކު އެއްވެސް ބޮޑު މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅެއް ނާޅަ އެވެ.

އެކަމަކު މިދިޔަ ހަފްތާގައި ވަނީ އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން ސުލޫކީ މައްސަލައެއް ފެންމަތިވެ، ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފަ އެވެ.

އޭގެ އިތުރުން ވެސް ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ފެމިލީ ކޯޓުގެ ފަނޑިޔާރު ހަސަން ސައީދު އަދި ކ. ތުލުސްދޫ މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދުގެ މައްސަލަތަކެއް ބަލަމުންނެވެ.
ހިޔާލު