Bar Council ge Raees kamah Husnu Al Suood vaadha kuravvan ninmaifi
image
ރާއްޖޭގެ މަޝްހޫރު ބައެއް ގާނޫނީ ވަކީލުންނާއެކު ހުސްނުއްސުއޫދު (މ)--
0 ކޮމެންޓް
 

ބާ ކައުންސިލްގެ ރައީސް ކަމަށް ސުއޫދު ވާދަކުރައްވަނީ

ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވާދަކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލަށް އުފެދޭ ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. ސުއޫދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވި މަޝްހޫރު ގާނޫނީ ވަކީލެކެވެ. މިވަގުތު ސުއޫދުއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ އިސްވެރިޔާ އެވެ.

ސުއޫދަކީ ކެނޑިނޭޅި ޖުޑީޝަރީ އިސްލާހު ކުރުމަށް ފާޅުގައި މަސައްކަތް ކުރެއްވި، އަދި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފުންނާބުއުސް ގާނޫނީ ވަކީލެކެވެ. ޖުޑީޝަރީ އިސްލާހު ކުރުމުގެ ގޮތުން ސުއޫދު ކުރައްވާ ބައެއް މަސައްކަތްތަކާއި ގުޅިގެން ނުވަތަ ކުރައްވާ ޓްވީޓްތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ސުއޫދު ސަސްޕެންޑް ކޮށްފައި ވެސް ވެއެވެ.

ބާ ކައުންސިލްގެ ފުރަތަމަ އިންތިހާބު ބޭއްވުމަށް ގާނޫނީ ފަންނުގެ ގާނޫނުން މަތި ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާ އެވެ. އެކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހު ބާ ކައުންސިލްގެ އިންތިހާބު ބޭއްވޭނެ ކަމަށެވެ. އަދި މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.
ހިޔާލު