Chit havaalu nukurevi, Azima ge massala madu jehifa!
image
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު (ވ)-- ފޮޓޯ: ރައީސް އޮފީސް
3 ކޮމެންޓް
 

ޗިޓު ހަވާލުނުކުރެވި، އާޒިމާގެ މައްސަލަ މަޑުޖެހިފައި!

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މަނީ ލޯންޑަރިން މައްސަލަ ކޯޓުގައި މަޑުޖެހިފައި އޮތީ އަދި ޗިޓު ހަވާލު ނުކުރެވިގެންކަން ހާމަވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އާޒިމާގެ މައްސަލައިގެ ލިޔުންތަކާއި ޗިޓު ހަވާލުކުރަން މަސައްކަތް ކޮށްފަ އެވެ.

އެކަމަކު އޭރު އާޒިމާ ރާއްޖޭގައި ނޫޅުއްވާތީ އެ ތަކެތި ހަވާލު ކުރެވިފައެއް ނުވެ އެވެ. ކަމާ ބެހޭ ފަރާތްތަކުން އޭރު ބުނީ އާޒިމާ ރާއްޖޭގައި ނޫޅުއްވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާޒިމާ ރާއްޖެ އެނބުރި ވަޑައިގެންނެވި ފަހުން މިހާރު ވަނީ މަހެއްހާ ދުވަސްވެފަ އެވެ. އެކަމަކު އަދިވެސް މައްސަލައިގެ ލިޔުންތަކާއި ޗިޓު ހަވާލެއް ނުކުރެވެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައި ވަނީ އާޒިމާގެ މައްސަލައިގެ ޗިޓާއި ލިޔުންތައް ހަވާލުކުރަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކޮށް ބައެއް ފަރާތްތަކުން ބުނެފައި ވަނީ އާޒިމާ ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމަށާއި ޗިޓު ނުފޮނުވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.
އާޒިމާއާ ދެކޮޅަށް މަނީ ލޯންޑާ ކުރުމަށް ދައުވާ އުފުލީ ފެބްރުއަރީ 17 ވަނަ ދުވަހެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރައްވާފައި ވަނީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށާއި، މަނީ ލޯންޑާ ކުރަން އެހީވެދެއްވި ކަމަށެވެ.
ހިޔާލު

އަހައްމާ

ޗިޓު ހަވާލު ނުކުރެވިގެން މައްސަލަ ކުރިއަށް ނުދާކަމަށްވާނަމަ ދެން އިތުރު ގޮތެއް ގަވާއިދުގައި ނެތީތޯ ؟ މިޒަމާނަކީ ފޯނާއި އަދި މާސް މީޑިއާ ކޮންމެ މީހަކަށް ވެސް ވާނުވާ ވަގުތުން އެގޭނެ އަދި ބަލާ ހަދާ ޒަމާނެވެ. އަޒީމާއަށް ފޯނުން ގުޅޭތޯ ބަލާށެވެ. އަދި ކުރީގެ ފުލުހުން ޗިޓް ހަވާލު ކުރަން ފަސޭހަގޮތެއް ބުނެދީފައިވާތީ އެގޮތަށް އާޒިމާއަށް ޓްއިޓާރ މެދުވެރިކޮށް ފޮނުވާލާށެވެ. އެހެން ނޫނީ ހޯދާ ނުފެނިގެން ރޭޑިިޔޯ އިން އިޢުލާނެއް ގޮވާލާށެވެ. މިވަރުން ނުކުރަށްނާމަ ދެން ކޯޓުގެ ހިންގުން ތެރިން އިސްތިއުފާ ދޭށެވެ. ތިކަން ކުރެވޭވަރު މީހަކަށް މަގާމު ދޭށެވެ.

މލ

އާޒިމާގެ އެއްވެސް މައްސަލައެއް ނެތް ހުރިހާ މަޅިތަކެއް ތިއްބައިގެން އުޅެނީ މޑޕ އިސްމީހިން
މި މަޅިފަތީގައި އެމީހުން ބެދޭތަން ފެނިގެންދާނެ

ގާޒީ

ދެރަނިކަމެތި އާދައިގެމީހާ މަރުވެފަ އޮތަސް ގައިރުހާޒިރުގަވެސް އެ ހަވާލް ކުރަންޖެހޭ އެއްޗެއްވިއްޔަ ހަވާލުކުރާނެ.