Zikuraa Miskii: Registry nukuraa bimeh tharahgee kuraanee kihineh?
image
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އިސްލާމިކް މިނިސްޓަރު.-- ފޮޓޯ: މަޖިލިސް
6 ކޮމެންޓް
 

ޒިކުރާ މިސްކިތް: ރެޖިސްޓްރީ ނުކުރާ ބިމެއް ތަރައްގީ ކުރާނީ ކިހިނެއް؟

ދާރުލް ޒިކްރާގެ ނަމުގައި 10 ބުރި އަށް އިމާރާތް ކުރަން ނިންމާފައިވާ ޒިކުރާ މިސްކިތުގެ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވަނީ އެ ބިމުގެ ރެޖިސްޓްރީ ނެތުމުން ދިމާވި ދަތިތަކުންނެވެ. އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓަރަށް އެ ބިމުގެ ރެޖިސްޓްރީ ފޯރުކޮށްދިނުމަކީ، އެކަމަށް ހެދުނު އެއްބަސްވުމުގެ ދަށުން ލާޒިމު ކަމެކެވެ.
އިސްލާމިކް މިނިސްޓްރީގެ ތަފާތު މަސްދަރުތަކުން ސީއެންއެމް އަށް ޔަގީންވެފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީން އެ ބިމުގެ ރެޖިސްޓްރީ ހައްދަން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. އަދި އެ ތަނުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލު ކުރުމުން އެ ކުންފުނިން އެ މަސައްކަތް ފެށުމަށް އެތައް ފަހަރަކު މަސައްކަތް ކުރި ކަން ވެސް ވަނީ ޔަގީންވެފަ އެވެ.

އެގޮތުން އެ ތަނުގެ މަސައްކަތް ފެށުމަށް، އަލަށް އަޅާ އިމާރާތުގެ ތަފްސީލް ކުރެހުމަށް ބިމުގެ ރެޖިސްޓްރީ ހޯދަން އެސްޖޭން ތަކުރާރުކޮށް އިސްލާމިކް މިނިސްޓްރީ އަށް މުއާމަލާތް ކޮށްފައި ވެއެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުމަށް ބޭނުންވާ ހުއްދަތައް ނެގުމަށް އެ ކުންފުނިން ގިނަ އަދަދެއްގެ ސިޓީޓައް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ނަމަވެސް އޭގެ ތެރެއިން ގިނަ ސިޓީތަކަށް އަދިވެސް ހުރީ ޖަވާބު ނުލިބި އެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީން ވަނީ އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިގެން އުޅެނީ ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި، ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެ މަސައްކަތް އަލުން ފެށުމަށް ކޮންޓްރެކްޓަރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އުވާލާ، އާ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިނިސްޓަރު ޑރ. ޒާހިރު ވާހަކަ ދެއްކި ނަމަވެސް، އެ މަސައްކަތް ނުފެށި އޮތް ސީދާ ސަބަބު ހާމައެއް ނުކުރެ އެވެ. އެހެންކަމުން އެއީ ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް ބުނާ މާއްދާއާ ހިލާފަށް އިސްލާމިކް މިނިސްޓަރު ދެއްކި ވާހަކަތަކެއް ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ އެވެ.

ރެޖިސްޓްރީ ނުކުރާ ބިމެއްގައި އިމާރާތް ކުރުމަކީ މަނާ ކަމަކަށް ވާއިރު، ސީއެންއެމް އިން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، ޒިކުރާ މިސްކިތް ހުރި ބިމުގެ ރެޖިސްޓްރީ އެއް ދުވަހަކު ވެސް ހައްދާފައެއް ނެތެވެ. އެގޮތުން މިހާތަނަށް އެ ބިން ރެޖިސްޓްރީ ކުރި ކަން، މާލޭ ސިޓީ ކައުންސިލާއި، ހައުސިން މިނިސްޓްރީގެ އިތުރުން އަލަށް އުފެއްދި ޕްލޭނިން މިނިސްޓްރީގެ ރެކޯޑުތަކުން ވެސް އެނގެން ނެތެވެ. އަދި އިސްލާމިކް މިނިސްޓްރީގައި ވެސް އެ ބިމުގެ ރެޖިސްޓްރީ ނެތްކަން ސީއެންއެމް އަށް ވަނީ ކަށަވަރު ވެފަ އެވެ.

އެހެންކަމަށް ވާނަމަ ކޮންޓްރެކްޓަރު ބަދަލު ކުރުމަކީ އެ މަސައްކަތް ފެށުމަށް ހައްލެއް ހެއްޔެވެ؟ ރެޖިސްޓްރީ ނެތް ކަން އެނގުނު ހިސާބުން ފެށިގެން އެކަން ހައްލު ކުރަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރި ނަމަ، މިހާރު އެ މިސްކިތުގެ މަސައްކަތް ކިހާ ހިސާބަކަށް ކުރިއަށް ގޮސްދާނެ ހެއްޔެވެ؟ އިސްލާމިކް މިނިސްޓްރީން އެއްބާރުލުން ނުދިނުމުން މަސައްކަތް ނުފެށި އޮތުމަކީ ކޮންޓްރެކްޓަރު ބަދަލު ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟

އެސްޖޭ ކޮންސްޓްރަކްޝަނަކީ ޕީއެސްއައިޕީ މަޝްރޫއުތައް ކާމިޔާބު ކަމާ އެކު ނިންމާ، ކަމާބެހޭ މުވައްސަސާތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން ފާއިތުވި އަހަރު ތަކުގައި އެ ކުންފުންޏަށް ހަވާލު ކުރި ސަރުކާރުގެ ބޮޑެތި އެތައް ޕްރޮޖެކްޓްތަކެއް އެއްވެސް މައްސަލައެއް ނެތި ނިންމާފައިވާއިރު، އެންމެ ޕްރޮޖެކްޓެއްގެ މަސައްކަތް ނުފެށިގެން އުޅެނީ ހަމަ އެ ކުންފުނީގެ މައްސަލައަކުން ކަމަށް ގަބޫލު ކުރެވޭނެ ހެއްޔެވެ؟

އެ ކުންފުނިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވެއެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން އެއްބާރުލުން ނުދިނުމުން ޒިކުރާ މިސްކިތުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުން އެ ކުންފުންޏަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެގޮތުން އެ މަސައްކަތް ފެށުމަށް ބޭރުން ގެނާ މުދާތައް ވެސް ގުދަން ކުރަން ޖެހުން ފަދަ ބުރަތައް އެ ކުންފުންޏަށް އަންނަނީ ދިމާވަމުންނެވެ.

ރެޖިސްޓްރީ ނުދިން މަނަވެސް ކުރެހުން ވެސް ނިންމުމަށް ފަހު ހުށަހެޅި!

އެސްޖޭން ވަނީ ފިޒިކަލީ އެ ތަނުގެ މިން ނެގުމަށް ފަހު ޑީޓެއިލް ޑްރޮވިން ކުރެހުމަށް ފަހު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވާފަ އެވެ. އަދި އެ ކުރެހުން ފާސްކުރުމަށް ހުށަހަޅަންޖެހޭ ފޯމްގައި ސޮއިކޮށް، ތައްގަނޑު ޖެހުމަށް ފަހު، އެސްޖޭ އަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަ ވެސް މިނިސްޓްރީން މިއަދާ ހަމައަށް އެކަން ކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން އެ ތަނުގެ އިން ފާރުގައި ކަރަންޓާއި، އިންޓަނެޓް އަދި ފޯނުގެ އިތުރުން ކޭބަލް ޓީވީގެ 47 ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށްފައި ހުރި އިރު، އެ އެއްޗެހި އެތަނުން ނެގުމަށް އިސްލާމިކް މިނިސްޓްރީން މިހާތަނަށް އެއްވެސް ކުންފުންޏަކަށް އަންގާފައެއް ނުވެ އެވެ. އޭގެ ސަބަބުން ވެސް، އެތަނުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރު ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ.

ބިމުގެ ރަޖިސްޓްރީ ނެތް ތަނެއްގެ އިންފާރު ތަޅާލުމުގެ ހުއްދައާއި ކުރެހުން ފާސްކޮއްދީ އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ޕްލޭނިން ޤަވާއިދު ތަންނުދޭއިރު އެހެން ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން އެމަސައްކަތް ކުރާނީ ކިހިނަކުންތޯއެވެ؟
ހިޔާލު

ޙުސެއިން

އަގު ހުށައެޅީ ކުރެހުމެއް ލިބިގެންނެއްނޫން. ޢެހެންވެގެން 130މިލިއަނަށް ހަދަން ދިނީ. މަކަރުވެރި ކަމުން ގޭމް ޖައްސަނީ.

ޔަޙުޔާ ،ހުޅެވި ހަނދު

މި ޕްރޮޖެކްޓުން ސީ.އެން.އެމް އަށް ކިހާވަރެއްލިބޭގޮތައް އޮތަތީބާ އެއްފަރާތަށް ގޮސްހުސްވެފަ ތިބެގެން ޚަބަރުލިޔަނީ! މިކަމެއްހިންގީކީ އަމުދަކުން މިނިސްޓަރަކަށް ޑރ.ޒާހިރު ހުރެގެންނެއްވެސްނޫން. އެކަން އެނގޭބާ؟ މިކަމެއް ހިންގީ ކޮރޮޕްޝަންގެ ވެރިކަމުގައި ޑރ.ޒިޔާދު. އެބުނާ ރަޖިސްޓްރީއެއް ދޭންޖެހޭ ފަރާތަކިވެސް ޑރ.ޒިޔާދު. 30 މިލިޔަން ރުފިޔާ ދިނީވެސް ޑރ.ޒިއާދުގެ މިނިސްޓަރުކަމުގަ. ރަޖިސްޓްރީ ނެތި ކޮންޓްރެކްޓުގަ ސޮއި ކުރީވެސް ޑރ.ޒިއާދު. ރަޖިސްޓްރީ ނެތި އެކަން ޤަބޫލުކޮށް އެސް.ޖޭ އިން ސޮއިކުރީ ކީއްވެބާ! އެއްވެސްކަމެއްނުކޮށް 30 މިލިޔަން ރުފިޔާގެ ފައިދާވެސް ނަގަނީ އެސް.ޖޭ އިން. އެކަން ނޫސްވެރިޔާއަށް އެނގޭބާ؟

ފ.ނިލަންދޫ

އިސްލާމިކު މިނިސްޓްރީން ތިޔަ ރަޖިސްޓްރީ ހައްދަން އެއްވެސް މަސައްކަތެއް ނުކުރާކަމަށްބުނުމުން ޚައިރާނެއްނުވެއެވެ. 2018ގެ ނޮވެންބަރުގައި އަޅުގަޑުމެންގެ ހުކުރު ހުއްދަ އާކުރަން ހުށައެޅުމުން މިހާތަނަން އައިއިރުވެސް އިސްލާމިކުމިނިސްޓްރީއަން އެ ހުއްދަ ލިޔެލާފައި އަޅުގަޑުމެންނާ ހަވާލުކުރެވުނުކަމަކަންނުވިއެވެ. ވީމާ މިއީ ކިހާދެރަކަމެއްތޯ ހުޠުބާ ހަދާ ކޮއްމެ ހުކުރެއްގައި އެހެންމީހުންނަށް ނަސޭޙާތްތެރިވާއިރު ތިމާމެންގެ މަސްޢޫލިއްޔަތަށް މިވަނީ އިޙުމާލުވެފައެވެ. ވީމާ ކަންކަން ނުރުކާ ނުކުރެވޭ މީހުން އިސްތިއުފާދިނުން އެމީހަކަށްވެސް މާއައުލާކަން ބޮޑެވެ.

މޫސަބޭބެ

މީ އަޅެ އެ ކުންފުނިން ފައިސާދީގެން ޖަހާދިން އިޝްތިހާރެއްތަ. މީތި ވައްތަރެއްނޫން ނޫސްވރިއަކު ލިޔެފައިއޮތް އެއްޗަކާ. މިބާވަތުގެ އެއްޗިހި މީހުން ނެރެނީ ކުންފުނިން ބަޔާނެއްގެ ގޮތުގައި ނޫންބާ!

ތިރިބެ

ދެބައިމީހުން ވެގެން ހިގާފައޮތް ޖަރީމާއެއް ކުރީސަރުކާރުގަ ރަޖިސްތުރީނެތި 30މިލިޔައް ރުފިޔާދިން އަދި ހިފި އަދި އަގުވެސް އިހާބޮޑު .ޕުރަޖެކްޓު ވެލިއު އަކީ 130 މިލިޔަން . ޢޭސީސީ ބަލައްޖެހޭ ސީރިޔަސް މައްސަލައެއް ތީ

ރައްޔިތުން

ޒިކުރާ މިސްކިތަކީ އެމިސްކިތް އިމާރާތް ކުރި ފަރާތުގެ ބިމެއްގައި އިމާރާތްކޮށްފައިވާ އަމިއްލަ މިސްކިތެއް ފަހުން އެމިސްކިތް ސަރުކާރުގެ ވިއުގައަށް ވަނީ އެކަމަކު އެބިމުގެ އެއްވެސް ކަމެއް ނުކޮށް ހުރީޔޯލަ. ވީމާ މިސްކިތް އެޅި މީހާ އެމިސްކިތް ހަދިޔާ ކުރީ ބިމާއެކު މިހާރު އިސްލާމިކް މިނިސްޓްރީ އިން ތިޔަ ބިމުގެ ރަޖީސްޓްރީ ސިޓީ ކައުންސިލް އިން އަވަހަށް ހަދައި ތިޔަކަން ނިންމުމުގެ އޮތީ ފަހެ ކޮން ހުރަހެއްބާ!