Dhiraagu TV ge on demand platform ah kudhinnah haassa Dhivehi cartoon!
image
ކައިލް އާއި ލުލޫގެ ހާށަވިއަނި އިސްތިހާރެއް-- ފޮޓޯ: ދިރާގު
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ކުދިންނަށް ހާއްސަ ދިވެހި ކާޓޫން!

ދިރާގު ޓީވީގެ އޮން-ޑިމާންޑް ޕްލެޓްފޯމުން ކުޑަކުދިންނަށް ހާއްސަ ދިވެހި 2ޑީ ކާޓޫން ސީރީޒް "ކައިލް އާއި ލޫލޫ" މިހާރު ބަލާލެވޭނެ އެވެ.
އެ ޝޯއަކީ ކުޑަކުދިން ގަޔާވާ ފިލާވަޅުތަކާއި ގޭމްތަކުގެ ތެރެއިން "ހާށަވިޔަނި" ނުވަތަ އަކުރު އުނގެނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ތައްޔާރު ކޮށްފައިވާ ޝޯ އެކެވެ.

އެޝޯ އަމާޒުކޮށްފައި ވަނީ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިންނަށެވެ. ކައިލް އާއި ލޫލޫ އުފައްދާފައި ވަނީ "ގޮރިއްލާ ސެލްސް" ކުންފުނިންނެވެ.

އެ ކުންފުނީގެ އަމާޒަކީ ކުޑަކުދިންނަށް ހާއްސަ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ އެނިމޭޓެޑް ޝޯތައް ތައްޔާރު ކުރުމެވެ. އެމީހުން ދަނީ ކައިލް އާއި ލޫލޫގެ އިތުރު ވާހަކަތައް ތައްޔާރުކުރުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގު ޓީވީގެ އޮން-ޑިމާންޑް ޕްލެޓްފޯމަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ވަސީލަތެކެވެ.

ދިރާގު ޓީވީން މަސައްކަތް ކުރަމުން ދަނީ އޮން-ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ދިރާގު ޓީވީގެ އޮން-ޑިމާންޑް ޕްލެޓްފޯމަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން "އިންޓްރޯ އޮފަ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މުޅިން ހިލޭ ހިދުމަތް ބޭނުން ކުރެވޭނެ އެވެ.

ދިރާގު ޓީވީގެ އޮން-ޑިމާންޑް ފީޗަ ބޭނުން ކުރާނެ ގޮތް:

ދިރާގު ޓީވީގެ އޮން-ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައި ވަނީ ކަސްޓަމަރުންނަށް ބޭނުން ކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
ދިރާގު
ހިޔާލު