Climate Action Summit ah thayyaaru vumuge bahdhalu vumuga Health Minister baiverive vadaigenfi
image
ބައްދަލުވުމުގައި މިނިސްޓަރު ވާހަކަދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ބައިވެރިވެވަޑައިގެންފި

މިއަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާ ބެހޭ ސަމިޓަށް ތައްޔާރުވުމަށް އަބޫ ދާބީގައި ކުރިއަށް ދިޔަ ތިމާވެއްޓާއި ސިއްހަތާ ގުޅޭ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންފި އެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 1 އަށް ބޭއްވި އެ ބައްދަލުވުމަކީ ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއު ޔޯކުގައި ފެށުމަށް ހަމަޖެހިފައިވާ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ތިމާވެށީގެ ސަބަބުން ސިއްހަތަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތަކާއި އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ކްލައިމެޓް އެކްޝަން ސަމިޓުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން ވަޒީރުން މަޝްވަރާކުރައްވާފައި ވެއެވެ.

މިނިސްޓަރު އަމީން ވަނީ އެ ބައްދަލުވުމުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްހަތައް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދައްކަވާފައެވެ.

ސިއްހީ ދާއިރާ އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ދާއިރާއެއްކަން ފާހަގަ ކުރައްވަމުން އަމީން ވިދާޅުވެފައި ވަނީ ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާ ގުޅޭ ފަންޑުތަކުން އެހީ ލިބޭނެ ގޮތެއް މަގުފަހިވެގެން ދިއުމަކީ ކްލައިމެޓް އެކްޝަން ސަމިޓުން ރާއްޖެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަމަށެވެ.

އެ ބައްދަލުވުގައި ހެލްތު މިނިސްޓަރުގެ އިތުރުން އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އައި ދެ މިނިސްޓްރީގެ ފަންނީ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު