Shaim foruvaigen ulhunu bayakaa medhu fiyavalhu alhaanan: Fuluhun
image
ޝައިމް އަބްދުﷲ-- ފޮޓޯ: ޕޮލިސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޝައިމް ފޮރުވައިގެން އުޅުނު ބަޔަކާ މެދު ފިޔަވަޅު އަޅާނަން: ފުލުހުން

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު 14 އަހަރުގެ ޝައިމް އަބްދުﷲ ފޮރުވައިގެން އުޅުނު ކަމުގައިވާނަމަ އެކަމުގެ ފަހަތުގައިވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ޝައިމް ފިލައިގެން އުޅުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމުގެ ފަހަތުގައި އެއްވެސް ބަޔެއްގެ އަތެއް ވާކަމުގައި ވާނަމަ އެބަޔަކާ މެދު ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ދެހަފްތާ ފަހުން އިއްޔެ އޭނާ ވަނީ ފެނިފަ އެވެ.

ޝައިމް ފެނުނީ ކޯޓު އަމުރެއްގެ ދަށުން ގަދަބާރުން މާލޭގެ ގެޔަކަށް ފުލުހުން ވަދެގެންނެވެ. މިހާރު ޝައިމް ހުރީ ވަގުތީ ގޮތުން ފުލުހުންގެ ހިމާޔަތުގެ ދަށުގަ އެވެ.

އޭނާއަށް ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު ދަނީ ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ކުރަމުންނެވެ.


ހިޔާލު