Thijoori falhaali meehun hayyaru kuree vagah nagaafa oiy dinghy ehga dhathuru kuranikoh!
image
މަގޫދޫ ކައުންސިލްގެ އިދާރާ--
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ތިޖޫރި ފަޅާލި މީހުން ހައްޔަރު ކުރީ ވަގަށް ނަގާފައި އޮތް ޑިންގީއެއްގައި ދަތުރު ކުރަނިކޮށް!

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނދެ، އެ އިދާރާގެ ތިޖޫރީތަކުން ވައްކަން ކުރި މައްސަލާގައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެމީހުން ދަތުރުކުރަމުން ދިޔައީ ވަގަށް ނަގާފައިވާ ޑިންގީއެއްގައި ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މަގޫދޫ ކައިރިން އެމީހުން ހައްޔަރު ކުރިއިރު، ދަތުރު ކުރަމުން ދިޔައީ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ޑިންގީއެއްގަ އެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ގިނަީ މާލެ އަށް ނިސްބަތްވާ މީހުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އެމީހުން ހައްޔަރު ކުރީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހުން، 24 އަހަރުގެ ދެމީހުންނެވެ އޭގެ އިތުރުން 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ވެސް ހައްޔަރު ކުރި އެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ނުވަ ދުވަހަށް އިތުރު ކުރުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމާފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު 03:00 ހާއިރު އެމީހުން ވަނީ މަގޫދޫ ކައުންސިލް އިދާރާގެ ސެކުރިޓީ ގާޑު ބަނުމަށްފަހު އިދާރާގައި ހުރި ދެ ތިޖޫރީއެއް ފަޅާލާ ފައިސާތައް ވަގަށް ނަގާފަ އެވެ. އަދި އެ އިދާރާގައި ހުރި ވަތްގަނޑުތަކާއި މޭޒުތަކަށް ވަނީ ގެއްލުންދީފަ އެވެ.

ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހިޔާލު

އެޑްމުންޑޯ

މިހާރުދެން މާލެއިން ގޮސް ރައްރަށައްއަރާ ވައްކަން ކުރާ ހިސާބަށް ދިޔައީދޯ