Mussab ge suspension ge muhdhathu anehkaa ves ithuru koffi
image
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ މުއްސަބު އަބްދުﷲ--
1 ކޮމެންޓް
 

މުއްސަބުގެ ސަސްޕެންޝަނުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ބޮޑެތި ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑު ކުރި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ މުއްސަބު އަބްދުﷲ ގެ ސަސްޕެންޝަނުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
އޭނާގެ ސަސްޕެންޝަންގެ މުއްދަތަށް 30 ދުވަސް އިތުރުކޮށްފައިވާއިރު، މިއީ ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރު ކަމަށް ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން މުއްސަބު އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ.

ހައްޖަށް ގެންދިޔުމަށް ކުންފުނިތަކަށް ހުއްދަ ދިނުމުގެ ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒު ވަނީ މުއްސަބަށެވެ.

އެކަމަކު އޭނާ ސަސްޕެންޑް ކުރީ ވަކި ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސިވިލް ސާވިސް ކޮމިޝަން އަދި އިސްލާމިކް މިނިސްޓްރީން ވެސް ނުބުނެ އެވެ.
ހިޔާލު

މުބާހު

ކޮބާ ހޭ އެއްކަލަ ޕީއެސްތައް. މިހާރުވެސް ތިއަށްވުރެ މާ ކަންތައް ބޮޑު މީހުން އެބަތިބި ، އެވާހަކަ ނުލިޔާކަމުގައިވާނަމަ، ނަމާއި، އެޑްރެސް ފޯން ނަމްބަ ޖަހާފައި ލިޔާނީ