Gedhoru imaaraaiy kuran dhoo kuraa loanuge interest kuda kuran mashvaraa koffi
image
ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އިއްޔެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރާ ބައްދަލުކުރައްވަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ
3 ކޮމެންޓް
 

ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ކުޑަކުރަން މަޝްވަރާކޮށްފި

ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވޭނެ ގޮތް ހެދުމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މަރުކަޒީ ބޭންކާއެކު މަޝްވަރާ ކުރައްވައިފި އެވެ.
އާތިފާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރު ބައްދަލު ކުރައްވާފައި ވަނީ އިއްޔެ އެވެ. އެ ދެ ބޭފުޅުން ވަނީ ލޯނުގެ އިންޓްރެސްޓް ކުޑަ ކުރަން މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް 5-6 އިންސައްތަ އަށް ތިރި ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ހައުސިން މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއެކު ވެސް އެ މިނިސްޓްރީން ވަނީ ގެދޮރު އިމާރާތް ކުރުމުގެ ލޯނުގެ އިންޓްރެސްޓް ކުޑަ ކުރަން މަޝްވަރާކޮށްފަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. އޭގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ނަގާ ލޯނުތައް ބޮޑު ކަމުން ވެސް އެތައް ބަޔަކު ކަންބޮޑުވެ އެވެ.

ހައުސިން ލޯނު ނުވަތަ ގެދޮރުގެ ކަންކަމަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
ހިޔާލު

ހިޔަލަ

އަދިކިރިޔާ ތި ރަނގަޅުވާގޮތްވަނީ. ގޯތި ލިބުނުތާ 20 އަހަރު ވީ އިރުވެސް ގެ ގަނޑެއް ހަދާލެވޭގޮތެއް ނުވި ލިބޭ އާމްދަނީއިން ކިރިޔާ އަސާސީ ބޭނުން ފުއްދާލެވެނީ، ގެ ހަދަން ލޯނެއް ހޯދަން ބޭންކަށް ގޮސް މައުލޫމާތު ސާފުކުރިއިރު 4 ލައްކައިގެ ލޯނެއް ނެގމުން 8 ލައްކަ 80 ހާސް އަނބުރާ ދައްކަންޖެހޭ މިވަރުން ކިހިނެއް ކަމެއްކުރާނީ، މި ސަރުކާރުން ގެދޮރުހަދަން އިންޓްރެސްޓް ކުދަ ލޯނޔ ދޫކުރާނެ ކަމަށް ބުނެފާ އޮތީމާ އިންތިޒާރުގަ މި ތިބީ،
އަދިވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިން އަރައިގަނެވޭ ވަރެއް މި ސަރުކާރަކަށް ނުވޭ.

ދުނިޔެ

ޢިމާރާތްކުރަން ފަށާ ނުނިމި ހުރި ތަންތަނަށްވެސް ލޯނު އެބަ ލިބެންޖެހަެ

ރައްޔިތުން

ގެދޮރު އިމާރާތް ކުރުމަށް ނަގާ ލޯން އެއްފަހަރާ ދޫކުރުމާއި އަދި އެހެން ލޯނެއް އޮވެމެ އެލޯން ބަރާބަރަށް ދައްކަމުންދާނަމަ އެކަން ގެދޮރު އިމާރާތް ކުރުމުގެ ލޯން ނެގުމުގައި ހުރަހަކަށް ވެގެން ނުދާނޭހެން ހަމަޖެއްސުން، ވަރަށް މުހިންމު