MDP parliamentary group ge inthiaabu fashaifi
image
ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ކަމަށް ކުރިމަތިލއްވާފައިވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވޯޓު ލައްވަނީ-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު ފަށައިފި

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް މެމްބަރުން ހިމެނޭ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބު ފެށިގެން ކުރިއަށް އެބަ ދެއެވެ.
އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިހާރު ދަނީ ކުރިއަށެވެ. އެމްޑީޕީގެ ހުރިހާ މަޖިލިސް މެމްބަރުންނަށް މި އިންތިހާބުގައި ވޯޓު ލެވޭނެ އެވެ.
ޕާލިމެންޓްރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލައްވާފައިވާ މެމްބަރުންގެ ލިސްޓް އިންތިހާބުގެ ކުރިން އެމްޑީޕީން ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ޕީޖީ ލީޑަރަކަށް ކުރިމަތިލާފައި ވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަންޏެވެ.

ނައިބު ލީޑަރުން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ކުރިމަތި ލައްވާފަ އެވެ.

އޭގެ އިތުރުން އަމީންއާއްމާއި އަމީންއާއްމުގެ ނައިބާއި ޗީފް ވިޕާއި ވިޕުންގެ މަގާމްތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ވެސް ވަނީ އެމްޑީޕީން އާއްމުކޮށްފަ އެވެ.
ހިޔާލު