Nurahkkatherikoh huri imaaraiythakuge mahsala report kuran edhijje
image
މާލޭގައި ބައުވެފައި ހުރި އިމާރާތެއްގެ ޝީޓްގެ ބައެއް
ސީއެންއެމް
3 ކޮމެންޓް
 

ނުރައްކާތެރިކޮށް ހުރި އިމާރާތްތަކުގެ މައްސަލަ ރިޕޯޓްކުރަން އެދިއްޖެ

މާލޭގައި މި ފަހަކަށް އައިސް އިމާރާތްތަކާއި ގުޅޭ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައި ވަނިކޮށް، ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ހާލަތްތެއްގައި ހުރި އިމާރާތެއް ހުރިނަމަ އެކަމަށް ރިޕޯޓްކުރުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެފަދަ އިމާރާތްތަކުގެ މައްސަލަ ރިޕޯޓް ކުރާނީ އެ މިނިސްޓްރީއަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް ކަމުގައެވެ.

ބާވެފައި ހުރި އިމާރާތްތަކުން ބައިތައް ވެއްޓި މީހުންނަށް ގެއްލުންވާ މައްސަލަތައް ފާހަގަ ވެފައިވާ ކަމަށާއި ނުރައްކާތެރި ކަމަށް ބެލެވޭ އިމާރާތްތަކުގެ މައުލޫމާތު އާންމު ރައްޔިތުން ރިޕޯޓްކުރުމަށް އެދޭކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިމާރާތެއް ގިނަ ދުވަސްވެ ބާ ވެފައިވުމުން ނުވަތަ އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން ހާދިސާއެއް ހިނގާފާނެކަމަށް ބެލެވޭނަމަ ރިޕޯޓް ކުރެވޭނެ ކަމުގައެވެ.

މީގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ގޮތަކަށް ތަނެއް އިމާރާތްކޮށްފައި ހުރުންވެސް އެކަން ރިޕޯޓް ކުރެވޭނެކަމަށް ލްޕޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ދިމާވި ހާދިސާއެއްގެ ސަބަބުންވެސް އެފަދަ މައްސަލައެއް ރިޕޯޓް ކުރެވޭނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ހިޔާލު

ބާއިމާރާތް

ރިޕޯޓު ކުރީމަ ސަރުކާރުން މި ގެތައް އިމާރާތް ކޮށްދޭނެބާ؟ ނުވަތަ އެއްކޮށް ވީރާނާ ވެގެން ބިމާ ހަމަވަންދެން ފަޅަށް ބާއްވާނީބާ؟

ހަސީލް

ރިޕޯޓު ނުކުރާތީ ދޯ މައްސަލަ ހައްލު ނުވެގެން އުޅެނީ.. ކަލޭމެންނައް ހުށައަޅާ ކޮންޑިޝަން އެސެސްމެންޓު ރިޕޯޓުތައަ ކިޔާ އުޅެންތަ.

ވިލީވިލީ

ފުލުހުން މާފަންނުގަ ހިންގާ ޕޮލިސް ސްޓޭޝަން ފަންހިޔާ ބިލްޑިން އަކީވެސް ނުރައްކާތެރިކޮށްހުރި އިމާރާތެއް