JP ge Ticket dheyne meehun dhen kanda alhaanee Primary akun
image
ގާސިމް އިބްރާހީމް-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ޖޭޕީގެ ޓިކެޓު ދޭނެ މީހުން ދެން ކަނޑައަޅާނީ ޕްރައިމަރީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހިންގުމުގެ ނިޒާމަށް އިސްލާހުތަކެއް ގެނެސް ގައުމީ ފެންވަރެއްގައި އިންތިހާބުތަކުގައި ވާދަކުރަން ކެންޑިޑޭޓުން ދެން ހޮވާނީ ޕްރައިމަރީއަކަށް ފަހު ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއަށް ގުޅި ވަޑައިގެންނެވި ބޭފުޅަކު ޕާޓީއަށް ސޮއި ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ، އިންތިހާބަކަށް އެކަކަށް ވުރެ ގިނަ ބަޔަކު ކުރިމަތިލައިފި ނަމަ ޕްރައިމަރީ ބާއްވަން ޖޭޕީގެ ކައުންސިލުގެ އެންމެ ފަހު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ގާސިމް ވަނީ އެކަކަށް ވުރެ ގިނަ މީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ވެސް ކުރިމަތިލައިފިނަމަ ޓިކެޓު ދޭނެ މީހާ ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވިދާޅުވެފަ އެވެ.

"ވާދަވެރި މާހައުލެއްގައި އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ ކުރިއާ ހިލާފަށް އަޅުގަނޑުމެން ބޭނުން، ޕްރައިމަރީއެއް ބާއްވައިގެން ކޮންމެ ކަމެއް ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމަން،" ގާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ގިނަ ބަދަލުތަކެއް ޕާޓީއަށް އަންނާނެ ކަމަށާއި އެކަންކަން ވަރަށް އަވަހަށް މީޑިއާއާ ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިޔާލު