Raajjeyga Coast ah 30 aharu, BHM inn haassa logo eh!
image
ރާއްޖެއަށް ކޯސްޓު ތައާރަފް ކުރިތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބީއެޗްއެމް ޓްރޭޑާޒް އިން ލޯގޯ އެއް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: ބީއެޗްއެމް
0 ކޮމެންޓް
 

ރާއްޖޭގައި ކޯސްޓަށް 30 އަހަރު، ބީއެޗްއެމުން ހާއްސަ ލޯގޯ އެއް!

ރާއްޖެއަށް ކޯސްޓު ތައާރަފް ކުރިތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބީއެޗްއެމް ޓްރޭޑާޒް އިން ލޯގޯ އެއް އިފްތިތާހް ކުރުމުގެ ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.
ނެދަލޭންޑްސްގެ މަގްބޫލު އުފެއްދުމެއް ކަމަށްވާ، ކޯސްޓު ކިރު އެންމެ ފުރަތަމަ ރާއްޖެ އަށް ތައާރަފް ކުރީ މީގެ 30 އަހަރު ކުރިން 1989 ގައި ބީއެޗްއެމް ޓްރޭޑާޒް އިންނެވެ.

ފާއިތުވި 30 އަހަރު މެދުކެނޑުމެއް ނެތި ދިވެހިންނަށް ކޯސްޓު ކިރު ގަނެވޭނެހެން އަބަދު ވެސް މާކެޓުގައި ބެހެއްޓުމަށް ބީއެޗްއެމުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެކަން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހަފްލާއެއްގައި ވަނީ ރާއްޖޭގައި ކޯސްޓަށް 30 އަހަރު ފުރުމުގެ އުފަލުގައި ހާއްސަ ލޯގޯއެއް އިފްތިތާހު ކޮށްފަ އެވެ.

އޭގެ އިތުރުން ބީއެޗްއެމުން ބުނީ އެކަން ފާހަގަކުރުމުގެ ގޮތުން އިތުރު ގިނަ ހަރަކާތްތަކެއް ވެސް ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. ކޯސްޓު ކިރަކީ އެންމެ ކުރީއްސުރެ ގިނަ ބަޔަކަށް އެންމެ ކަމުދާ ކިރެވެ.

އޭގެ އެކި ސައިޒާއި ޕެކެޓުގެ އިންސްޓަންޓް މިލްކް ޕައުޑާ ނުވަތަ ހިކި ކިރު ރާއްޖޭގެ މާކެޓުން އުނދަގޫކަމެއް ނެތި ލިބޭއިރު، ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ބްރޭންޑް ވެފައި ވަނީ ރާއްޖޭގެ އެންމެ މަގްބޫލު ކިރުގެ ބްރޭންޑަށެވެ.

ކެލްސިއަމުން މުއްސަނދި ވެފައިވާ، ރަހަ މީރު ކޯސްޓު ކިރު ރާއްޖެ އަށް ތައާރަފް ކުރި ބީއެޗްއެމް އާއި ނެދަލޭންޑްސްގެ ކޯސްޓު ބްރޭންޑް ގުޅިގެން ވަނީ ކުޅިވަރާއި އިޖުތިމާއީ ކަންކަމުގެ ތެރެއިން ދިވެހިން ދުޅަހެޔޮ ސިއްހަތެއްގެ ތެރެއަށް ގެނައުމަށް އެތައް މަސައްކަތެއް ކޮށްފަ އެވެ.
ހިޔާލު