Influenza fethurenee, Rahkaatherivumah Vaccine jahaa!
image
ފްލޫ ކްލިނިކުން ބަޔަކު ފަރުވާ ހޯދަނީ-- ފޮޓޯ: ސަން
0 ކޮމެންޓް
 

އިންފްލުއެންޒާ ފެތުރެނީ، ރައްކާތެރިވުމަށް ވެކްސިން ޖަހާ!

ރާއްޖޭގައި އިންފްލުއެންޒާ ބީ ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަމަށް ހާއްސަ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އެތައް ބަޔަކަށް އިންފްލުއެންޒާ ރޯގާ ޖެހުނެއެވެ. އަދި އެތަނުން އެކަކު މަރުވި އެވެ.

އެޗްޕީއޭއިން ބުނީ، މިދިޔަ މަހުގެ މެދަކާ ހިސާބުން ފެށިގެން އިންފްލުއެންޒާ ބީ އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން ޖޫން މަހުގެ 16 އިން ފެށިގެން ޓެސްޓު ކުރެވުނު ސާމްޕަލްގެ 40 އިންސައްތަ ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބުނެ އެވެ.

އެހެންވެ، އެޗްޕީއޭއީން ވަނީ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ އޮފީސް، ސްކޫލު ނުވަތަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އިންފްލުއެންޒާ ބީ ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ވެސް އެކި ވަރުގެ ބަދަލުތަކެއް އަންނަ ވައިރަހެއް ކަމުން އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަމަހަކުން ބަދަލުތަކެއް ގެނެ އެވެ.


ރާއްޖޭގައި ރޯގާ ފެތުރޭ މިންވަރު އިތުރުވެ ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވެފައި ވާތީ އައިޖީއެމްއެޗުން މިހާރު ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވާފަ އެވެ. އެގޮތުން އެތަނުން 24 ގަޑިއިރު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ވެސް އެ ހޮސްޕިޓަލުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ހިޔާލު