Kudhinnah thauleem dhinumuga visnanvee kon kamakah?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކުދިންނަށް ތައުލީމު ދިނުމުގައި ވިސްނަންވީ ކޮން ކަމަކަށް؟

ގިނަ ގައުމުތަކުގައި މިހާރު އޮންނަ ތައުލީމީ ނިޒާމަކީ ކުޑަކުދިންނަށް އެންމެ އެކަށޭނެ ފަދަ ގޮތަކަށް ބިނާ ކުރެވިފައިވާ ތައުލީމީ ނިޒާމެއް ނޫނެވެ. ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން ކުދިން ޝައުގުވެރިވާ ގޮތްތަކަށް ކިޔަވައިދިނުމުގެ އިތުރުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް އަލިއަޅުވާލާ އާ ކަންތައްތައް ތަޖުރިބާ ކުރެވޭނެ ފަދަ ތައުލީމެއް ކުދިންނަށް ފޯރުކޮށްދޭން ޖެހެ އެވެ.
ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާއިރު އެއާއެކު ތައުލީމީ ނިޒާމަށް ވެސް ބޮޑު ބަދަލުތަކެއް އަންނަން ޖެހެ އެވެ. ގިނަ ގައުމުތަކުގައި ތައުލީމީ ނިޒާމު ބިނާވެފައި ވަނީ ކުދިންނަށް އެއްޗެހި އުނގަންނައިދީ، އޭގެން އިމްތިހާނު ކުރުމުގެ މައްޗަށެވެ. ކުރު ގޮތަކަށް ނަމަ ކުދިންގެ ވިސްނުން ތޫނުކަން އިމްތިހާނު ކުރުމުގެ މައްޗަށެވެ.

އެފަދަ ގޮތަކަށް ނިޒާމު އެކުލަވާލާފައިވާއިރު ކޮންމެ ކުއްޖަކީ ތަފާތު ހުނަރުތަށް ހުންނަ އެކި ކަންކަމަށް ގާބިލު އެކި ހުވަފެންތައް ދެކެމުން އަންނަ ބައެއްކަން ވިސްނާލަން އެބަ ޖެހެއެވެ. އެހެންކަމުން އެކުދިންގެ ހުވަފެންތަކުގައި ކުލަ ޖައްސައި އެކި ހުނަރުތައް ދަސްކޮށްދީ ދުނިޔެއަށް ލޯ ހުޅުވައިދީ ޝައުގުން ފުރިގެންވާ ތައުލީމެއް ކުދިންނަށް ފޯރުކޮށްދޭން ވިސްނަން ޖެހެ އެވެ.

ކުދިންނަށް ކިޔަވައިދޭ ގޮތް ބަދަލު ކުރެވިދާނެ ބައެއް ގޮތްތައް

1. އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދީ މުސްތަގުބަލުގައި އެކުދިން ދާން ބޭނުންވާ ދާއިރާތަކަށް ލޯ ހުޅުވައިދެވޭނެ ފަދަ ފުރުސަތުތައް ހޯދައިދޭން ޖޭހޭނެ އެވެ. އެކި ކުދިންނާ ގުޅިގެން މަސައްކަތް ކުރުމާއި، ކަންތައްތައް ހައްލުކުރުން ފަދަ ކަންކަން މި ކުދިންނަށް އުނގައިންނައިދިނުން މުހިއްމެވެ.

2. އުމުރުން 14 އަހަރުވުމުން އާންމު ކައިރިކިއުލަމްގެ އިތުރުން ހިސާބު، އިނގިރޭސި، ސައިންސް ފަދަ މާއްދާތައް އެކުދިންގެ ޝައިގުވެރިކަން ހުރި ގޮތާ ލިބިފައިވާ ހުނަރަށް ބިނާކޮށް އެގޮތަށް ކަނޑައެޅުމުގެ ފުރުސަތު ދޭން ވާނެ އެވެ. އެކުދިންނަށް އުނގަންނައިދޭން ވާނީ ޝައުގުވެރިކަން ހުންނަ ދާއިރާއާ އެއްގޮތަށް އެ ދާއިރާއަށް ބޮޑަށް އަމާޒުކޮށްގެންނެވެ.

3. އުމުރުން 16 އަހަރު ވުމުން ކުދިން ދާން ބޭނުންވާ ދާއިރާއަކަށް ދިއުމަށް އެކުދިންނަށް މަގުފަހި ކޮށްދިނުން މުހިއްމެވެ. މިއީ އެކުދިންގެ ހަޔާތުގައި އެޅިގެން ދާނެ ވަރަށް ބޮޑު ބިންގާ އެއްކަން ކަށަވަރެވެ.
ކުޑަކުދިން ތައުލީމް
ހިޔާލު