Gavaaidhaa hilaafah flat thakuge common area beynun kuraathee survey kuranee
image
ހުޅުމާލެ--
1 ކޮމެންޓް
 

ގަވައިދާ ހިލާފަށް ފްލެޓުތަކުގެ ކޮމަންއޭރިއާ ބޭނުންކުރާތީ ސާވޭ ކުރަނީ

ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފްލެޓުތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެތަންތަން ސާވޭކުރަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ގަވައިދާ ހިލާފަށް ފްލެޓުތަކުގެ ކޮމަންއޭރިއާ ބޭނުންކުރަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެޗްޑީސީން ނެރުނު އިއުލާނުގައި ބުނީ އެކަން ހައްލު ކުރުމުގެ ގޮތުން އެތަންތަން މިމަހުގެ ތެރޭގައި ސާވޭ ކުރަން ނިންމާފައިވާ ކަމަށެވެ.

ސާވޭ ކުރުމުގެ ތެރޭގައި ކޮމަން އޭރިއާ އިމާރާތްކޮށްފައި ހުރިތޯ އާއި އެއްމެދު އިމާރާތަށް ގެއްލުންވާފަދަ ގަސްތައް އިންދާފައި ހުރިތޯ އަދި ކޮމަން އޭރިޔާ ހިޔާކޮށް ދޮރު ހަރުކޮށްފައި ހުރިތޯ ބެލޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އޭގެ އިތުރުން ވިޔަފާރީ ބޭނުންތަކަށް އެތަންތަން ބޭނުން ކުރޭތޯ ވެސް ބެލޭނެ ކަމަށް އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ އެ ސާވޭގެ ތެރޭގައި އިމާރާތުގެ ބޭރަށް އެ ކޯޕަރޭޝަނުގެ ހުއްދަ ނެތި އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ ވެސް ބެލޭނެ ކަމަށެވެ.

ގިނަ އަދަދެއްގެ ފްލެޓުތައް ހުޅުމާލޭގައި ތަރައްގީ ކުރެވިފައިވާއިރު އެތަނުގައި 70000 އަށް ވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.
އެޗްޑީސީ ފްލެޓް
ހިޔާލު

ކޮކީ

ބީޗްފްރޮންޓް ގެސްޓްހައުސް ހިންގާ ފަރާތް ތަކުން އެއްވެސް ކުއްޔަކާނުލާ އެތަންތަނުން ވިޔަފާރު ކޮށްގެން ނަފާ ހޯދާއިރު އަދިވެސް ދުވަނީ ލިބޭލާރިން ދެކޮޅުނުޖެހޭ ނިކަމެތި ރައްޔިތު މީހާ ފަހަތުން