Aridhafus roaga jehijje nama kanthah kuraanee kihineh?
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ އާއްމުކޮށް ފެތުރޭ އެއް ރޯގާ އެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާ މައިގަނޑު ގޮތެއްގައި ޖެހެނީ ޕައިކޮނަވައިރަސްތައް އަދި ކޮރޯނަވައިރަސްތަކުގެ ސަބަބުންނެވެ.
އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް؟

އަރިދަފުސްރޯގާ ޖެހިއްޖެ ނަމަ ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލުން ވަރަށް މުހިއްމެވެ. އަދި ގޭގައި ދެވޭ ފަރުވާ ދިނުން ވަރަށް މުހިއްމެވެ. އެގޮތުން ގިނައިން ދިޔާ ތަކެތި ބޭނުން ކުރުމާއި އަރާމު ކުރުމާއި ހުންގަދަނަމަ ފެންފޮތި ހޭކުމާއި ކަޅުސައި އަދި ލުނބޯލާއި އިނގުރު އަދި މާމުއި އަޅައިގެން ބުއިންތައް ބޭނުންކުރެވިދާނެ އެވެ.

ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާނަމަ ނުވަތަ ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން ވަރަށް މުހިއްމެވެ. ޑޮކްޓަރުގެ އިރުޝާދާ ނުލާ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ކޮށްގެން ނުވާނެ އެވެ.

ބަލި ފެތުރުން މަދު ކުރުމަށްޓަކައި، ކޮންމެހެން ދާން ޖެހިގެން މެނުވީ ހޮސްޕިޓަލް ފަދަ ތަންތަނަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހަލާ ދީފަ އެވެ.
ހިޔާލު