Usoolaa eh gothah aa sitee eh fonuvumun Luthfee ge isthiufaa gaboolkoffi
image
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ--
0 ކޮމެންޓް
 

އުސޫލާ އެއް ގޮތަށް އާ ސިޓީއެއް ފޮނުވުމުން ލުތުފީގެ އިސްތިއުފާ ގަބޫލުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމަށް ނިންމާ ފޮނުއްވި ސިޓީ ރައީސް އޮފީހުން ގަބޫލު ނުކުރުމުން، ދެވަނަ ފަހަރަށް ސިޓީ ފޮނުއްވައިގެން މަގާމުން ވަކިވެވަޑައިގެންފި އެވެ.
އޭސީސީން އިސްތިއުފާ ދެއްވަން ނިންމާ ކުރިން ރައީސް އޮފީހަށް އީމެއިލް ކުރެއްވި ސިޓީގައި ލުތުފީ ސޮއިކުރައްވާފައި ނެތުމުން އެ ސިޓީ ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު މިހާރު އޭނާ ވަނީ ސޮއިކޮށްފައިވާ ސިޓީއެއް ރައީސް އޮފީހަށް ފޮނުއްވާފަ އެވެ.

އެއާއެކު ލުތުފީ މިހާރު ވަނީ މަގާމުން ވަކިވެފަ އެވެ. ގާނޫނުގައި އޮންނަ ގޮތުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ރައީސް އަށް އެޑްރެސްކޮށްފަ އެވެ. އެހެންވެ، ލުތުފީގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތުމާއެކު އޭނާ މިހާރު މަގާމުން ވަކިވެވަޑައިގެންނެވީ އެވެ.

ލުތުފީ އިސްތިއުފާ ދެއްވަން ނިންމީ އޭނާގެ ހަބަރެއް ނުވާތާ ގިނަ ދުވަސް ވުމުން މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރުމުންނެވެ.
ހިޔާލު