Maadhamaa reyge jalsaa ah idhikolhu coalition ah Carinval sarahahdhu dhookoffi
image
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީިން-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މާދަމާ ރޭގެ ޖަލްސާ އަށް އިދިކޮޅު ކޯލިޝަނަށް ކާނިވާ ދޫކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން މާދަމާ ރޭ ބާއްވަން އުޅޭ ޖަލްސާ އަށް ކާނިވާ ސަރަހައްދު ދޫކޮށްފި އެވެ.
އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ޖަލްސާ އަށް ކާނިވާ ސަރަހައްދު ދޫކުރަން ހުއްދަ ދިނީ އިއްޔެ ހަވީރެވެ.

އިދިކޮޅި ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދު ހޯދުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީ އަށް ސިޓީއެއް ހުށަހަޅާފަ އެވެ.

އެސިޓީގައި އެދިފައި ވަނީ ޖުލައި 4 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ރޭގަނޑު 12:00 އަށް ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ޝުއޫރުތައް ފާޅުކުރުމަށް އިދިކޮޅު ކޯލިޝަނުން މާދަމާ ރޭ ބާއްވާ ޖަލްސާއަކީ މި ސަރުކާރު އައި ފަހުން އިދިކޮޅުން ރާވައިގެން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

އެ ޖަލްސާ އަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވާ އިރު ރައީސް ޔާމިންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް ބޭއްވުމަށް ހުރަސް އެޅި އެވެ.
ހިޔާލު